އާރުޓީއެލްގެ ފެރީގެ ތެރޭގައި ވިހެއި ކުއްޖާ މަރުވެއްޖެ

އާރުޓީއެލްގެ ފެރީއެއްގެ ތެރޭގައި ވިހެއި ކުއްޖަކު މަރުވެއްޖެ އެވެ.
ގދ، ތިނަދޫގައި އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު "ދެން"އަށް ވިދާޅުވީ އެ ހާދިސާ ހިނގީ އެ އަތޮޅު ވާދޫއިން ދަތުރުކުރި އާރުޓީއެލްއެލްގެ ފެރީއެއްގައި ކަމަށެވެ.
ހެނދުނު ހިނގި އެ ހާދިސާގައި އެ ކުއްޖާ ނިޔާވި އިރު، ފަހުން އެ އަންހެން މީހާ ގެންދިޔައީ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ.
އެ އަންހެން މީހާ މިހާރު އޮތީ ހޮސްޕިޓަލުގައި ކަމަށާއި އޭނާގެ ހާލު ސްޓޭބަލްކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
އާރުޓީއެލްގެ ފެރީއެއްގައި ވިހޭއިރު މިއަދަކީ ވަރަށް މޫސުން ގޯސް ދުވަހެއް ވެސްމެ އެވެ.
މީގެ ކުރިން މަތިންދާބޯޓުތަކުގައި ވެސް ވިހެއުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.