Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަސްވެރިންނަށް ނުދެވި ހުރި 32 މިލިއަން އަންނަ ހަފުތާގައި ދެވޭނެ: މިފްކޯ

މަސްވެރިންނަށް ނުދެވި ހުރި 32 މިލިއަން އަންނަ ހަފުތާގައި ދެވޭނެ: މިފްކޯ

މަސްވެރިންގެ އަތުން މަސް ކިރުމަށްފަހު މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން މަސްވެރިންނަށް ދޭން ޖެހޭ 32 މިލިއަން ރުފިޔާ އަންނަ ހަފުތާގެ ތެރޭގައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

މި ސަރުކާރު އައި ފަހުން މަސްވެރިންނަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ޖަމާނުކޮށްގެން ދެ ފަހަރެއްގެ މަތިން މުޒާހަރާ ކުރި އެވެ. އައްޑޫ ސިޓީގައި މަސްވެރިން އިހުތިޖާޖު ކުރީ މިދިޔަ ޖޫން މަހު އެވެ. އެ އިހުތިޖާޖު ނިންމައިލީ ފައިސާ ޖަމާކުރުމުންނެވެ. އޭގެ އިތުރުން، މާލެ ސަރަހައްދުގައި ރިޔާސީ ފާލަން ހުންނަ ސަރަހައްދާއި އެމްއެމްއޭ ކުރިމަތީގެ ފަޅުތެރޭގައި ވެސް މަސްވެރިން ވަނީ އިހުތިޖާޖުކޮށްފަ އެވެ.

މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ ނުލިބޭ މައްސަލަ ބޮޑުވެފައިވާއިރު، މިފްކޯއިން ބުނީ މިހާރު މަސްވެރިންނަށް ދޭން ޖެހޭ ރުފިޔާގެ އަދަދަކީ 32 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެ ފައިސާ އަންނަ ހަފުތާގެ ތެރޭގައި ދައްކަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

Advertisement
Ooredoo — Square (box)

އެ ކުންފުނިން އެންމެފަހުން މަސްވެރިންނަށް މަހުގެ އަގު ދީފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. އެ ދުވަހު ގާތްގަނޑަކަށް 16.2 މިލިއަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް