Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާލެ-ވިލިމާލެ މަގުތައް ހެދުމަށް ބޭނުންވާ ދިރާސާގެ މަސައްކަތް ނިންމާލައިފި

މާލެ-ވިލިމާލެ މަގުތައް ހެދުމަށް ބޭނުންވާ ދިރާސާގެ މަސައްކަތް ނިންމާލައިފި

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫއުގެ ފީސިބިލިޓި ސްޓަޑީގެ މަސައްކަތް ނިންމާލައިފި އެވެ.

ޗައިނާގެ ސިޑްކާއާއި ގުޅިގެން މަގުތައް ތަރައްގީ ކުރުމަށް ބޭނުންވާ ދިރާސާ ކުރަން ފަށާފައިވަނީ މި މަހުގެ 5 ވަނަ ދުވަހު އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ، ޗައިނާ ސަރުކާރުން އެ މަސައްކަތަށް ކަނޑައެޅި އެކްސްޕާޓް ޓީމުތަކާއި ކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަޝްވަރާކޮށް، މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އަދި އެ ޓީމުން މާލެ އާއި ވިލިމާލެ މަގުތަކުގެ ވެސް ފީސިބިލިޓީ ޓެސްޓްގެ މަސައްކަތް މިނިސްޓްރީގެ ޓެކްނިކަލް ޓީމާ ގުޅިގެން ނިންމާލައިފައި ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ޗައިނާއާއި ގުޅިގެން ސަރުކާރުން ހިންގަމުންދާ އެ މަޝްރޫއުގައި ދެން ކުރިއަށްދާނީ ޑިޒައިން މަރުހަލާގެ މަސައްކަތް ކަމަށް ވެސް މިނިސްޓްރީގެ ޕޯސްޓުގައި ބުނެފައިވެ އެވެ.

https://twitter.com/MoCImv/status/1859586063205036182

މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި މި އަހަރުގެ ކުރީކޮޅު ޗައިނާއަށް ވަޑައިގެން މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ވަނީ ހަމަޖައްސައިފަ އެވެ. މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަން ކަނޑައަޅާފައިވަނީ އެ ފައިސާއިންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް