Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހެއް ވަގުތީ ގޮތުން މަނާކޮށްފި

ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހެއް ވަގުތީ ގޮތުން މަނާކޮށްފި

ތަދުކަނޑުވަން ބޭނުންކުރާ ދެ ބޭހެއް ރާއްޖެ އެތެކުރުމާއި ވިއްކުމާއި އަދި ބޭނުންކުރުން ވަގުތީ ގޮތުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގެ މާކެޓުގައި ލިބެން ހުންނަ ބޭހަކީ ފެންވަރު ރަނގަޅު, ރައްކާތެރި ބޭސްކަން ކަށަވަރުކުރުމަށްޓަކައި އެ އޮތޯރިޓީން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.

އަދި މާކެޓުން ބޭހުގެ ސާމްޕަލް ނަގާ ސްކްރީން ކުރުމުގެ މަސައްކަތްވެސް މެދު ކެނޑުމެއްނެތި ކުރަމުންދާ ކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

Advertisement
Allied Insurance — Square (box)

އެމްއެފްޑީއޭއިން ބުނީ އެ މަސައްކަތުގެ ތެރެއިން ރާއްޖޭގެ މާކެޓުން ސާމްޕަލް ނަގާ ސްކްރީން ކުރި, ތަދު ކެނޑުވުމަށް ބޭނުންކުރާ އެ ދެ ބޭހުން ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް ކަމަށްވާ 'ޑައިއީތައިލިން ގްލައިކޯލް' (ޑީއީޖީ) އަދި އިތައިލީން ގްލައިކޯލް (އީޖީ) އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

<img class="alignnone wp-image-254616 size-large" src="https://cdn.dhen.mv/wp-content/uploads/2024/11/IMG_4764-1024x415.jpg" alt="" width="1024" height="415" />

އެމްއެފްޑީއޭއިން ބުނީ އެ އޮތޯރިޓީގެ ފަރާތުން އެ 2 ބޭހުގެ ކޮންފާމޭޓްރީ ޓެސްޓް ހެދުމަށްޓަކައި ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެހެންކަމުން މި ވަގުތަށް ބޭސް ފިހާރަތަކާއި ބޭސް ގުދަންތަކުގައި ހުރި އެ ބޭސް ސްޓޮކާއި ވަކިކޮށް ބެހެއްޓުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފައިވެ އެވެ.

&nbsp;

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް