Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޗައިނާ ސަފީރުގެ ދައުރު ހަމަވުމުން ރާއްޖެއިން ވަޑައިގަންނަވަނީ

ޗައިނާ ސަފީރުގެ ދައުރު ހަމަވުމުން ރާއްޖެއިން ވަޑައިގަންނަވަނީ

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލީޝިން ދައުރު ހަމަކުރައްވާ ރާއްޖެ ދޫކުރައްވައި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އެކަމަނާާ ރާއްޖެއިން ވަޑައިގެންނެވުމުގެ ކުރިން އިއްޔެ ފޮރިިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލުގެ އަރިހަަށް އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވި އެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ހަލީލް ވަނީ އެކަމަނާގެ ސަފީރު ކަމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

Advertisement
Ooredoo — Truecaller (box)

މިނިސްޓަރު ވަނީ މި ސަރުކާރުގައި ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޗައިނާ އާއި ރާއްޖެ ގުޅިގެން ހާސިލުކުރެވުނު ކަންކަމަށާއި މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

ހަލީލް ވިދާޅުވީ އެކަމަނާއަށް އަބަދުވެސް ކާމިޔާބީއަށް އެދޭ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެ ވަޑައިގަތުމުން މަރުހާބާ ދަންނަވާނެ ކަމަށެވެ.

ޗައިނާ ސަފީރުގެ ވާހަކައިގައި، އެކަމަނާގެ ދައުރުގައި ދިވެހި ސަރުކާރުން ބެހެއްޓެވި ގާތްކަން ފާހަގަކުރައްވައި، މަސްއޫލިއްޔަތުތައް އަދާކުރުމަށް ދެއްވި އެއްބާރުލެއްވުމަށް ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވި އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވި އެވެ.

ވޭންގް ލީޝިން ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރެއްވީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް