Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކޮވިޑަށް ފައްސިވާ ސިވިލް ސާވެންޓުން ގޭގައި މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފި

ކޮވިޑަށް ފައްސިވާ ސިވިލް ސާވެންޓުން ގޭގައި މަސައްކަތްކުރާ ގޮތަށް ހަމަޖައްސައިފި

ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން، ކޮވިޑް-19އަށް ފައްސިވާ މީހުންނާއި ކޮންޓެކްޓް ވާ މުވައްޒަފުން، ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ އެފަދަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ސިވިލް ސަރވިސްގެ އިދާރާތަކުން ހަމަޖައްސާފައިވާ ކަމަށެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުން މިންގަނޑުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ސަރކިއުލަރގައި ވާ ގޮތުން ކޮވިޑަށް ފައްސިވެ ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، އެމީހަކު ކޮވިޑް-19 އަށް ފައްސިވި ސުންކު ނަގާ ތާރީޚުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ކުރެވޭނެއެވެ.

Advertisement
Ooredoo — Truecaller (box)

އަދި ބަލީގެ އަލާމާތެއް ހުރި ނަމަ، އެކަހެރިކުރާ މުއްދަތު ނިމޭނީ އެއްވެސް އަލާމާތެއް ނެތި މަދުވެގެން 24 ގަޑިއިރު ވުމުން ކަމަށާއި ކޮވިޑް-19ގެ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ވެފައިވާ ކޮވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ފައްސިވި މީހާއާ ކޮންޓެކްޓުވި ތާރީޚުން ފެށިގެން 10 ދުވަހުގެ މުއްދަކަށް ކަމަށެވެ.

ނަމަވެސް އެ މީހަކު ކަރަންޓީނުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަންގާ ތާރީޚުން ފެށިގެން 5 ދުވަސް ފުރިހަމަވުމުން، ޕީ.ސީ.އާރ ޓެސްޓު ހަދައި ނަތީޖާ ނައްސިވުމުން ކަރަންޓީނުން ދޫކުރެވޭނެ ކަމަށް ވެސް އެ ސަރކިއުލާގައި ބުނެފައިިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް