ލައިފްސްޓައިލް

#ގްލޯއަޕްޗެލެންޖު: ގްލޯ އަޕް ނުވަނީ ކޮން ބައެއް ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޓަރނެޓުގެ އެކިއެކި މަންސަ ތަކުގައި، އެކި ވައްތަރުގެ ޗެލެންޖުތައް ބޭއްވުމަކީ މިހާރަކަށް އައިސް އާންމު ކަމެކެވެ. އެގޮތުންގްލޯއަޕްޗެލެންޖުއަކީ ވެސް މިފަދަ ޗެލެންޖެކެވެ. މީހާގެ ކުޑައިރުގެ ފޮޓޯއަކާއި މިހާރުގެ ފޮޓޯ ފެންނަ ގޮތަށް ތައްޔާރު ކުރާ މި ފޮޓޯ ޗެލެންޖަކީ މިހާރު ވެސް ގިނަ ބަޔަކު ފޮޓޯ ހިއްސާކޮށްފައިވާ ޗެލެންޖެކެވެ.

Ads by STELCO

ގްލޯއަޕްއޭ ބުނުމުން ފަހަރުގައި ބައެއް ބޭފުޅުންނަށް އެއީ ކޮން އެއްޗެއްކަން އަދި ކިހިނެއްވާ އެއްޗެއްކަން ނޭނގިދާނެއެވެ. ގްލޯއަޕް މާނަ ކުރަނީ ކުޑައިރު މީހަކު ހުރި ގޮތާއި އަޅާ ބަލާއިރުގައި، މިހާރު އެމީހެއްގެ މޫނުމައްޗަށާއި ހަށިގަނޑަށް އައިސްފައިވާ އުޖާލާ ކަމާއި ރީތިކަމެވެ. މިއީ މީހެއްގެ މި ތަފާތު ގިނަ ބަޔަކަށް ދައްކާލާ ޗެލެންޖެކެވެ.

ފޭސްބުކުގެ މުޅި ނިއުސްފީޑުގައި ވެސް މިހާރު އޮތީ މި ޗެލެންޖެވެ. ބައެއް މީހުން އެމީހުންގެ ކުޑައިރުގެ ފޮޓޯ ލާން ޖެހިލުންވާއިރު އަނެއް ބައިމީހުން އަންނަނީ އެއްވެސް ޖެހިލުމަކާއި ނުލާ އެމީހުންގެ ކުޑައިރުގެ ފޮޓޯ ލައިގެން މި ޗެލެންޖު ފުރިހަމަ ކުރަމުންނެވެ. ކޮމެންޓުތަކުން އެކަކު އަނެކަކުގެ ފޮޓޯތަކަށް އައިސްފައިވާ ބަދަލުތައް އަންގައި ސަކަރާތުގެ ތެރެއިން ރައްޓެހިން އެކަކު އަނެކަކަށް ދިމާކުރަމުންނެވެ. މިކަމުގެ ސަބަބުން ފޭސްބުކުގައި މަޖާ އަދި ފޫހި ފިލާ މާޙައުލެއް ވަނީ އުފެދިފައެވެ.

އެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި އެމީހުންގްލޯއަޕްއެއް ނުވެއެވެ. ކުޑައިރު ހުރި ގޮތާއި މިހާރު ހުރި ގޮތާއި އެއްވެސް މީހެއް އެއްގޮތެއް ނުވާނެއެވެ. ގްލޯއަޕް ނުވޭ ބުނުމުން ބުއްދި ގަބޫލު ކުރަން ދަތި ވަނީ ވެސް މިހެންވެއެވެ.

އާދޭހެވެ. އެއްވެސް މީހަކު އެމީހެއް ކުޑައިރު ހުރިގޮތާއި މިހާރު ހުރި ގޮތް ތަފާތު ނުވެއެއް ނުހުންނާނެއެވެ. ގްލޯއަޕް ޗެލެންޖުގައި ބައިވެރިވާން ތިމަންނަ ކިތަންމެ ބޭނުންވިޔަސް ނުވަތަ ގްލޯއަޕް ނުވަންޏާ ތިމަންނަ ލާނީ ވަކި ކޮން ފޮޓޯއެއްތޯ ބުނި ކަމުގައިވީ ނަމަވެސް މީހާއަށް ކޮންމެސް ވަރެއްގެ ބަދަލުތަކެއް އައިސްފައިވާނެއެވެ . އެހެނެއް ނޫނެވެ. ޗެލެންޖުގައި ބައިވެރި ވާން ބޭނުން ނުވާނަމަ ބޭނުންނުވާ ވާހަކަ އަންގާލުން މައްސަލައެއް ނެތެވެ.

މައްސަލައަކީ މިޗެލެންޖުގައި ބައިވެރި ނުވުމެއް ނޫނެވެ. ގްލޯއަޕް ނުވޭ ބުނުމެވެ. އެއްވެސް މީހަކު އޭނާގެ ޅަފަތުގެ ދުވަސްތަކާއި މިހާރު ހުރިގޮތް އެއްގޮތެއް ނުވާނެއެވެ. ކުޑައިރުގެ ފޮޓޯއެއް ހިފައިގެން މިއަދު ތިމާ ނިކަން ލޯގަނޑު ކުރިމައްޗަށް އަރާ ބަލާށެވެ. ތަފާތު ފެންނަން ހުންނާނެއެވެ.

މީގައި ވަނީ ދެގޮތެކެވެ. ތިމާ މީގައި ބައިވެރި ނުވާން ބުނެލާ ބަހަކަ ގްލޯއަޕް ނުވަނީއޭ ބުނުމެވެ. ނުވަތަ ތިމާގެ އޭރުގެ ފޮޓޯ ލާން ޖެހިލުން ވަނީއެވެ. މިއީ ޗެލެންޖެއްކަން ދަންނާށެވެ. ކޮވިޑުގެ މި ނުރައްކާތެރި ދުވަސްވަރު ގޭގައި ތިބެގެން އެކަނިވެރި ކަމާއި، މާޔޫސްކަން ފިލުވައިދިނުމަށް މި ޗެލެންޖަކީ އެއް ބަޔަކަށް “ސަޅިކަމެކެވެ.

  1. އަހްސަން

    މިހާރު ތިގްލޯއަޕްޗެލެންޖެއް ނުން ލޮކްޑައުން ދުވަސްވަރު ދެން & ނައު ޗެލެންޖް.