Monday, 2 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލަށް ދައުވާކޮށްފި 

އަންހެން ހެދުން އަޅައިގެން އުޅޭ ނަބީލަށް ދައުވާކޮށްފި 

އަންހެނުން ހެދުން އަޅައިގެން އުޅޭ މުހައްމަދު ނަބީލް (ޔާޔާ) އަށް ދައުވާކޮށް, އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ ޝާއިއުކުރަމުން ދިޔަ މައްސަލާގެ ތަހުގީގު ނިންމާ ނަބީލަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ މިދިޔަ ޖުލައި މަހު 17 ވަނަ ދުވަހެވެ.

އެ މަހުގެ 25 ވަނަ ދުވަހު ނަބީލަށް ކޮށްފައިވާ ދައުވާއަކީ ހަޑިހުތުރު އެއްޗެއް ހިމެނޭ ވަސީލަތެއް ޝާއިއުކުރުމުގެ ދައުވާ އެވެ.

Advertisement
Ooredoo — Square (box)

ދައުވާކުރި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ މެއި މަހުގެ 4 ވަނަ ދުވަހުގެ ހަވީރު 5:28 ގައި ކޯޓު އަމުރެއްގެ ދަށުން ގ. ޖަމަރާގޭގައި ނަބީލް ދިރިއުޅެމުންދާ ކޮޓަރި ބަލައި ފާސްކުރިއިރު، އެ ކޮޓަރި ތެރެއިން އޭނާ ބޭނުންކުރާ އަންހެން ހެދުންތައް ފުލުހުންނަށް ދައްކާފައިވާތީ ކަމަށެވެ.

އޭގެ އިތުރުން ސޯޝަލް މީޑިއާ, ޓިކްޓޮކް އެކައުންޓުގައި އާންމުކޮށްފައިވާ ވީޑިއޯތައް ފުލުހުން ނަގައި އެނަލައިޒް ކުރިއިރު، އެ ވީޑިއޯތަކުގައި ނަބީލު ހަޑިހުތުރުކޮށް ނިވާކަންކުޑަ އަންހެން ހެދުންލައިގެން ނަށާފައިވުމަކީ ވެސް ދައުވާކުރި ސަބަބެއްގެ ގޮތުގައި ޕީޖީ އޮފީހުން ފާހަގަކުރެ އެވެ.

އެ މައްސަލާގެ އަސާސީ އަދަބަކީ 4 މަހާއި 24 ދުވަހަށް ޖަލަށްލުމެވެ.

މިފަދަ މައްސަލަތަކުގައި މީގެކުރިން ތަކުރާރުކޮށް ނަބީލް ހައްޔަރުކޮށްފައިވާއިރު، އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާގެ ދަށުން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެއް އަހަރާއި އެއް މަހާއި ހަ ދުވަހުގެ ހުކުމެއް އޭނާއަށް ކޮށްފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް