ރަސްމީ ދަތުރެއްގައި މިނިސްޓަރު ހަލީލް އޮމާނަށް

ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ރަސްމީ ދަތުރެއްގައި އޮމާންއަށް މިއަދު ފުރާވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ހަލީލް އޮމާނަށް ވަޑައިގެންނެވީ އޮމާންގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައީދީގެ ދައުވަތަކަށް ކަމަށެވެ.
މިނިސްޓްރީން ބުނީ މި މަހުގެ 10 އިން 13 އަށް އޮމާންއަށް ކުރައްވާ ރަސްމީ ދަތުރުގައި، އޮމާނުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދެވުމަށް އޮމާން ސަރުކާރުގެ އިސްވެރިންނާ މިނިސްޓަރު ބައްދަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.
މިނިސްޓަރު ހަލީލްގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް، ޑރ ހާލާ ހަމީދާއި ސީނިއާ އަންޑަ ސެކްރެޓަރީ ފާތިމަތު ނައީމާ އަދި އެސިސްޓަންޓް ޑިރެކްޓާ މުހައްމަދު ޝުޖާއު ބައިވެރިވެވަޑައިގަންނަވަ އެވެ.