Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕީއެސްއެމްގެ ވެރިން އިސްތިއުފާއަށް އަމީން ގޮވާލައްވައިފި

ޕީއެސްއެމްގެ ވެރިން އިސްތިއުފާއަށް އަމީން ގޮވާލައްވައިފި
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ވެރިންގެ އިސްތިއުފާ އަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެންބަރު އަމީން ފައިސަލް ގޮވާލައްވައިފި އެވެ. ޕީއެސްމްގެ ވެރިންގެ އިސްތިއުފާ އަށް އަމީން ގޮވާލީ ކީރިތި ގުރުއާނުގެ އާޔަތްތަކަށް ޕީއެސްއެމުން ބަދަލު ގެނައި ކަމަށް ބުނެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު, މައުރޫފް ޒާކިރު މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ. އަމީން ވިދާޅުވި އެ މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައްސަލައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެއީ ޕީއެސްއެމް ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުން ފުރިހަމަ އަށް ޒިންމާ، އެ ފަދަ ހައްސާސް މައްސަލައެއްގައި އަދާ ނުކުރުމުން ހުށަހެޅި ކުއްލި މައްސަލައެއް ކަމަށެވެ. އަމީން ވިދާޅުވީ އެ މައްސަލާގައި ހަމައެކަނި މައާފަށް އެދި ބަޔާނެއް ނެރުމަކުން ޒިންމާ އަދާކުރެވުނީ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މީގެ ކުރިން އެފަދަ މައްސަލައެއް ހިނގާފައިވާ ކަން ގަބޫލުނުކުރައްވާ ކަމަށާއި އަދި އެކަމަކީ ދީނީ އަދި ލާދީނީވެގެން ހިނގާފައިވާ ކަމެއް ނޫންކަން ވެސް މެންބަރު ފާހަގަކުރެއްވި އެވެ. އެއީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ގޮވާލަން މިކަމަށް މާފަށް އެދުމަކުން ނުފުދެއޭ. އެހެންވީމާ ޕީއެސްއެމްއާ ހަވާލުވެ ހުރި ފަރާތްތަކުން މިއަދު ހަމަ އިސްތިއުފާ ދިނުމަށް އަޅުގަނޑު ގޮވާލަން"
ގުރުއާނަށް ބަދަލު ގެނެސް ޕީއެސްއެމްއިން ގެނެސްދިން ކަމަށް ބުނާ މައްސަލައަކީ ރައީސް މުއިއްޒު ދާދިފަހުން އއ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ރަސްދޫގައި ބޭއްވި ޖަލްސާ ފެއްޓެވުމަށް ގުރުއާން ކިޔެވިއިރު އެ އާޔަތުގައި ހިމެނޭ "ފާސިގު" ލަފްޒު އުނިވެފައިވާ ކަމަށް ބުނާ މައްސަލައެކެވެ. ނަމަވެސް އެކަން ދިމާވެފައިވަނީ ލައިވް މައްސަލައެއް ދިމާވެގެން ކަން މައުލޫމާތު ލިބިފައިވެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް