ޑޮލަރު މާރުކުރަން މަޖުބޫރުވާ ބިލުގައި ލުއިތަކެއް ހިމަނައި މަޖިލީހުން ފާސްކޮށްފި

ލުއިތަކާއެކު ޑޮލަރު މާރުކުރަން މަޖުބޫރުކުރާ, ބޭރު ފައިސާގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިދިޔަ ހޯމަ ދުވަހު އެ ބިލު މަޖިލިހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން މެޖޯރިޓީ ލީޑަރު، ކޮންގްރެސް ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.
އެ ބިލު ފާސްކޮށްފައިވަނީ 56 މެންބަރުންގެ ވޯޓާ އެކު އެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ 11 މެންބަރެކެވެ.
މާލިއްޔަތު ކޮމިޓީން ބިލު ފާސްކުރިއިރު ހިމެނި ބަދަލުތަކަކީ:
- ޑޮލަރު މާރުކުރުމުން އިސްތިސްނާވާ އުމުރު 10 އަހަރުން 12 އަހަރަށް ބަދަލުކުރުން
- ރިސޯޓުތަކުގެ މާލީ ދަތިކަން ހުރި ނަމަ، ބޮލަކަށް 500 ޑޮލަރު މާރުކުރަން ބޭނުން ނުވަތަ ރިސޯޓުގެ ކޮންމެ މަހެއްގެ ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރު ކުރެވޭ ގޮތަށް އޮތްއޮތުން، އެ އަދަދަށް ވުރެ މަދުން ދައްކަން އެދުމުގެ އިހުތިޔާރު ދިނުން. މި ލުއި ދޭނީ މާލީ ދަތިކަން ކުރިމަތިވެފައިވާކަން އެ ރިސޯޓަކުން އެމްއެމްއޭއަށް ސާބިތުކޮށްދިނުމުން






ކޮމެންޓް