Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޑަބްލިޔުޑީސީ މެންބަރުންނަށް ރޯދާ އެލަވެންސް ހަމަޖައްސަނީ

ޑަބްލިޔުޑީސީ މެންބަރުންނަށް ރޯދާ އެލަވެންސް ހަމަޖައްސަނީ
އަންނަ ރޯދަ މަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ މުވައްޒަފުންނަށް އިނާޔަތް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ. ރައީސް އެހެން ވިދާޅުވީ އދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ އަތޮޅު ދަނގެއްޗަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަކީ ގާނޫނުގައި އޮންނަ "ޕޮއިންޓެއް" ނަގައިގެން ވަރަށް ބޭއިންސާފުކޮށް, ވަރަށް ނިކަމެތި ގޮތެއް ހަދާފައި އޮންނަ ކޮމިޓީތަކެއް ކަމަށެވެ. އެހެން ނަމަވެސް އަންހެނުންނަކީ ރަށުގެ ތަރައްގީގެ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމަށް ރައީސް ވިދާޅުވި އެވެ. އެ ކޮމިޓީގެ ވަރަށް ގިނަ ކަންތައްތަކެއް ރައްޔިތުންގެ މަޖިލިސް ތެރެއިން ހައްލުކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުފުޅުގެ ހަނދާން އާ ކުރައްވަމުން ރައީސް ވިދާޅުވީ އެ މެންބަރުންނަށް ލިބޭ އެލަވެންސަކީ މުސާރައެއްގެ ގޮތުގައި ކަނޑައެޅޭނެ ގޮތް ގާނޫނު ގައި ލިޔެ, ކަންބޮޑުވުންތައް ހައްލު ގެނެސްދިނުމަށް ވައުދުވެވަޑައިގެންފައިވާ ކަމަށެވެ. ރޯދަ މަހުގެ އެލަވެންސާ ވިހެއުމުގެ ޗުއްޓީގެ އިތުރުން އެ ލިބޭ މުސާރައިގެ ސަބަބުން ލޯނުތަކަށް ކުރިމަތިލެވޭ މަގު ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެ ބަދަލުތައް ގެނައުމަށްޓަކައި ލާމަރުކަޒީ ގާނޫނަށް ގެންނަން ޖެހޭ އިސްލާހާއި ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ހުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވަގުތު ނެންގެވީ އެކަން ދިރާސާ ކުރައްވަން ކަމަށެވެ. އެހެންނަމަވެސް މަޖިލީހުގެ އަންނަ ދައުރަށް ބިލު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ދެން މަޖިލީސް ހުޅުވޭއިރު. އިރާދަކުރެއްވިއްޔާ މި އިސްލާހުތައް ހުށަހަޅައިދޭނަން ފެބްރުއަރީ ކުރީކޮޅު, އަދި އެއާއެކު އެ އިސްލާހުތައް ގެނެސް މި އަންނަ ރަމަޟާން މަހުން ފެށިގެން ކޮންމެ ރަމަޟާން މަހަކު ޑަބްލިޔުޑީސީ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން"
ރައީސް އިތުރަށް ވިދާޅުވީ އެ ކޮމިޓީގެ މެންބަރުކަމަކީ ފުލްޓައިމް ވަޒީފާއެއް ނޫން ކަމަށާއި އެހެންނަމަވެސް ވަރަށް ގިނަ ވަގުތެއް ހޭދަކުރާ މެންބަރުންތަކެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް