Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ތިން މިނިސްޓްރީއަށް ހޯދަނީ ދާއިމީ ހައްލެއް، ތަނެއް ކުއްޔަކަށް ނުހިފާނެ

ތިން މިނިސްޓްރީއަށް ހޯދަނީ ދާއިމީ ހައްލެއް، ތަނެއް ކުއްޔަކަށް ނުހިފާނެ

މިދިޔަ ބުރާސްފަތި ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު ތިން މިނިސްޓްރީ ހިންގުމަށް ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފަން ނިންމާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހައުސިން މިނިސްޓްރީއާއި އެންވަޔާރަމަންޓް މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ހިދުމަތްތައް ދަރުބާރުގެ އަށް ބަދަލުކޮށް, ދެމުންގެންދާ ހިދުމަތްތައް ބައްލަވާލައްވާ, މުވައްޒަފުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދު ހެނދުނު ދަރުބާރުގެއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ލިބިގެން ދިޔައީ އަގު ނުކުރެވޭނެވަރުގެ ބޮޑު ގެއްލުމެއް ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އަދި އެ ގެއްލުމުގެ ސަބަބުން މުވައްޒަފުންގެ އަމިއްލަ ތަކެތި ގެއްލި ގޮސްފައިވާކަން ފާހަގަކުރައްވަމުން މީގެ ކުރިން އެ އިމާރާތުގައި މަސައްކަތްޕުޅު ކުރެެއްވި ރައީސް މުއިއްޒު ވިދާޅުވީ އެ ގެއްލުންތަކުން ކުރިމަތިވާނެ ދަތި އުނދަގޫތައް ތަސައްވަރުކުރަން އުނދަގޫވާނެ ކަމަށެވެ.

ނަމަވެސް އެ ހާލަތުގައިވެސް މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ "ޕޮސިޓިވް އެޓިޓިއުޑް" ކެތްތެރިކަން ކަމަށް ވިދާޅުވި އެވެ. އަދި މަސައްކަތްތައް އަލުން ފެށުމަށްޓަކައި ދެއްވި އެއްބާރުލުން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ވީހާވެސް އާންމު ހާލަތަކަށް އޮފީސް މާހައުލު ހެދުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި އެގޮތުން ފާހާނަ އިތުރުކުރުމަށާއި ކެފެޓީރިއާގެ ހިދުމަތް ދިނުމަށާއި މަދުވާ އިލެކްޓްރޯނިކްސްއާއި ކޮމްޕިއުޓާ ސިސްޓަމް ފަދަ ތަކެތި ހޯއްދެވުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ހިދުމަތް ދިނުމަށް ވިސްނަވާފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ތިން މިނިސްޓްރީ ހިންގުން ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެކުލަވާލައްވާފައިވާ ޓާސްކް ފޯސްއާއި ބައެއް ކުންފުނިތަކުގެ ވެރިންނާ ވެސް ރައީސް ބައްދަލުކުރައްވާފައިވެ އެވެ.

ދަރުބާރުގެއަށް ވަޑައިގެންނެވުމަށްފަހު ސިޓީ ކައުންސިލްގެ ހުއްޓިފައިވާ ހިދުމަތްތައް ދިނުމަށް ވަމުންދާ ތައްޔާރީތައް ބައްލަވާލެއްވުމަށް ގަލޮޅު ސްކޫލަށްވެސް ރައީސް ޒިޔާރަތްކުރެއްވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް