އެމްޑީޕީއާ އެކު މަސައްކަތްކުރަން ޑިމޮކްރަޓުން އެއްބަސްވެއްޖެ

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ ގުޅިގެން ސިޔާސީ މަސައްކަތްކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އިން އެއްބަސްވެއްޖެ އެވެ.
ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ ޑިމޮކްރެޓްސްގެ ގައުމީ މަޖިލީހަށް ދެކަމެއް ހުށަހެޅުނެވެ. އެއް ކަމަކީ އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީން ދިން ދައުވަތުގެ ސިޓީއަށް ގޮތެއް ނިންމުމެވެ. ސަރުކާރު ހަމަ މަގަށް އަޅުވައި، ޒިންމާދާރު ކުރުވުމުގެ މަސައްކަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ސިޔާސީ ޕާޓީތަކާ ޖަމިއްޔާ ޖަމާއަތްތަކާއެކު އެއްބަސްވެވޭ ހަމަތަކުގެ މަތިން މަސައްކަތް ކުރުމަށް ގަރާރެއް ވެސް ހުށަހެޅުނެވެ. އެ ގަރާރު ހުށަހެޅުއްވީ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އެވެ.
އެ ގަރާރު ހުށަހެޅި ސަބަބުތައް:
- ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދުމާއި، އަދި ވައުދުތަކާ ހިލާފުވުން
- ރާއްޖޭގެ އިގްތިސާދަށާއި މާލިއްޔަތަށް ގެއްލުން ބޮޑު އެތައް ކަމެއް ތަކުރާރުވުން، ސަރުކާރުގެ ކޮރަޕްޝަނާއި ވައްކަން އިތުރުވަމުން ދިޔުން
- ގާނޫނުއަސާސީން ތަރުތީބު ކޮށްފައިވާ ޑިމޮކްރަޓިކް ނިޒާމު ބަލިކަށިކޮށް، ދައުތަލުގެ މުއައްސަސާތައް ރައީސަށް ކޮންޓްރޯލް ލިބޭގޮތަށް ބަދަލުކޮށް، ގާނޫނުއަސާސީއަށް ކުއްލި ބޮޑެތި ބަދަލުތަކެއް ގެނެސް ސަރުކާރު ޖަވާބުދާރީ ކުރުމަށް ހުރި ދޮރުތައް ސަރުކާރުން ބަންދު ކުރުން



.jpeg?prefix=media)


ކޮމެންޓް