Monday, 2 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރާއްޖޭގައި ބޮނޑު ހިމާޔަތް ކޮށްފި

ރާއްޖޭގައި ބޮނޑު ހިމާޔަތް ކޮށްފި

ބޮނޑުގެ އާއިލާގައި ހިމެނޭ ތިން ވައްތަރެއް ރާއްޖެއިން ހިމާޔަތް ކޮށްފި އެވެ.

ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލް ކުރުމުގެ ގާނޫނަށް ގެނައި <a href="https://gazette.gov.mv/gazette/7164">އިސްލާހާ</a> އެކު ރާއްޖޭގައި ހިމާޔަށް ކޮށްފައިވަނީ ބޮނޑުގެ އާއިލާގައި ހިމެނޭ އައިލުރޮނިކްސް ސީޝެލެންސިސް، އައިލުރޮނިކްސް ޓަކީސްކޮޕީއަސް އަދި އައިލުރޮނިކްސް ޓްރަކީގަސްޕާ އެވެ.

އެ އިސްލާހު ކްލައިމެޓް ޗޭންޖް، އެންވާރަމަންޓް އެންޑް އެނާޖީ މިނިސްޓްރީއިން މިއަދު ގެޒެޓްގައި އާއްމުކޮށްފައިވާއިރު، އެ މިނިސްޓްރީން ބުނީ އެ އިސްލާހު ގެނެވިފައިވަނީ މުއާހަދާއެއްގެ ދަށުން ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެއީ "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭޖާޑް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ" އަށް  ސީޝެލްސްއިން ހުށަހެޅި ހުށަހެޅުމާ އެއްގޮތަށް އިސްލާހު ކުރުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.

އެ އިސްލާހު ގެނެސްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

ސީޝެލްސްއިން ބޮނޑުގެ އާއިލާ ވައްތަރުތަކެއް ހިމާޔަތް ކޮށްފައިވަނީ އެތަކެތި ނެތެމުންދާކަމުގެ ބިރު ހީވުމާއެކު ކަޅު ބާޒާރުގައި އޭގެ އަގު ބޮޑުކޮށް ވިއްކަމުންދާލެއް ގިނަ ކަމުންނެވެ.

އެ މައްސަލަ ބޮޑުވެ، މި އަހަރުގެ އޮގަސްޓް މަހު ވަނީ ހިމާޔާތް ކޮށްފައިވާ ތަކެތި ވިއްކާ ވިޔަފާރި ކުރާ މީހުންނަށް ދެވޭ އަދަބު ވެސް ބޮޑު ކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް