Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުޅުމާލޭގައި 6 މިނިޓަށް ހަވާ އަރުވަނީ

ހުޅުމާލޭގައި 6 މިނިޓަށް ހަވާ އަރުވަނީ

ހުޅުމާލެ ފޭސް 3 ސަރަހައްދުގައި މިރޭ ހަވާއަރުވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފްގެ ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނީ އާ އަހަރުގެ ފެށޭ ރޭ ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ސިފްކޯއިން ކުރިއަށްގެންދާ ފަރިތަކުރުންތަކެއްގައި ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށެވެ. ހަވާ އަރުވާނީ މިރޭ 20:00 ގަ އެވެ.

އެމްއެންޑީއެފުން ބުނި 2 މިނެޓްގެ ހަވާއެރުވުމުގެ 3 ޝޯއެއް ކުރިއަށް ގެންދާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެކި ކަހަލަ މުނާސަބަތުތައް ފާހަގަކުރަން ސިފައިންގެ ބެލުމުގެ ދަށުން ހަވާ އަރުވަ އެވެ.

އާ އަހަރު ފެށުން ފާހަގަކުރުމުގެ ގޮތުން މާލެ ސަރަހައްދާ، އަތޮޅުތެރޭގައި ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދެ އެވެ. ޔޫތް މިނިސްޓްރީން ވަނީ މިދިޔަ އަހަރުވެސް އާ އަހަރާއި ދިމާކޮށް މިއުޒިކް ޝޯ އަކާއި ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންގޮސްފަ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް