Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ތޮއްޑޫގައި ބިދޭސީ އަންހެނަކަށް އަނިޔާކުރި މައްސަލައެއް

ތޮއްޑޫގައި ބިދޭސީ އަންހެނަކަށް އަނިޔާކުރި މައްސަލައެއް

އއ ތޮއްޑޫގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ފެންމަތިވެ ފުލުހުން އެކަން ބަަލަން ފަށައިފި އެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ތައިލެންޑްގެ އަންހެނަކަށް އޭނާގެ ސްޕޮންސާ އަނިޔާކޮށްފައިވާ ކަމަށް ބުނާ މައްސަލަ ބުރާސްފަތި ދުވަހުގެ ރޭ 6:50 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ނަމަވެސް އެ އަންހެން މީހާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެ އެވެ. ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

Advertisement
HDC — Sidebar (box)

ތޮއްޑޫގައި ބިދޭސީ އަންހެނަކަށް އަނިޔާދިން ކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާގައިވެސް ދަނީ ދައުރުވަމުންނެވެ.

"ދެން" އަށް އެނގިފައިވާ ގޮތުން އެ އަންހެން މީހާ އަކީ ތޮއްޑޫ ސީރީން ސްކައި ގެސްޓްހައުސްގައި މަސައްކަތްކުރާ މުވައްޒަފެކެވެ.

އެނގިފައިވާ ގޮތުން އެ ގެސްޓް ހައުސް އަކީ އެ ރަށުގެ ކައުންސިލް ރައީސް, އަހުމަދު ކަރަމް ހިންގާ ތަނެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް