Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޔޫޓިލިޓީ ލައިސަންސް ފުރަތަމަ ފަހަރަށް ދޫކުރަން ފަށައިފި

ޔޫޓިލިޓީ ލައިސަންސް ފުރަތަމަ ފަހަރަށް ދޫކުރަން ފަށައިފި

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) ގެ ކޯޕަރޭޓިވް ސޮސައިޓީ އިފްތިތާހުކޮށް، ދާއިމީ ހިންގުމުގެ ލައިސަންސް ފުރަތަމަ ފަހަރަށް ދޫކުރަން ފަށައިފި އެވެ.

އެ ސޮސައިޓީ އިފްތިތާހުކޮށްފައިވަނީ ބުރަސްފާތި ދުވަހު އެވެ.

އެ ރަސްމިއްޔާތުގައި ކްލައިމެޓް ޗޭންޖް، އެންވަޔަރަމެންޓް އެންޑް އެނާޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިޝް ވިދާޅުވީ އެ ހިދުމަތް ފެށުމަކީ މަސައްކަތުގައި ކުރިއަށް ޖެހިލި ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ. އަދި އޭގެ ސަބަބުން ޔުޓިލިޓީ ހިދުމަތްތައް އިތުރަށް ހަރުދަނާވެ ރައްޔިތުންނަށް ލިބޭ ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement
Allied Insurance — Square (box)

ޔޫއާރުއޭ އުފެދުނީ 2020 ވަނަ އަހަރު އެވެ. އޭގެ ފަހުން ޔުޓިލިޓީ ދާއިރާ ތަރައްގީކުރުމަށް އެ އޮތޯރިޓީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، އޭގެ ތެރޭގައި ޔުޓިލިޓީ ހިދުމަތްތަކުގެ މިންގަނޑުތައް ކަނޑައެޅުމާއި، ހިދުމަތްދޭ ފަރާތްތަކުގެ މަސައްކަތް ބެލެހެއްޓުން ހިމެނެ އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގައި ބުނާ ގޮތުން އާންމު ބޭނުންތަކުގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ
ލައިސަންސަށް އެދި ، އޮތޯރިޓީއަށް ހުށަހަޅާތާ ގިނަވެގެން 30 ދުވަސް ތެރޭގައި ލައިސަންސް ދިނުމާ ގުޅޭގޮތުން އޮތޯރިޓީން ނިންމާގޮތެއް ލިޔުމުން ލައިސަންސަށް އެދި ހުށަހެޅި ފަރާތަށް އަންގަންވާނެ އެވެ.

ގާނޫނުގައި ބުނާ ގޮތުން އާންމު ބޭނުންތަކުގެ އެއްވެސް ހިދުމަތެއް ދިނުމަށްޓަކައ،ި އެއްވެސް ފަރާތަކަށް
އެކްސްކްލޫސިވް އޮޕަރޭޓިން ލައިސަންސެއް ދިނުމަށް އޮތޯރިޓީއަށް ކަނޑައެޅޭނ،ީ އެ ހިދުމަތެއްދޭ އިހްތިސާސެއްގެ ލޯކަލް ކައުންސިލްގެ ހުއްދަ ލިބުމާއެކު އެކަމަކީ ގައުމީ މަސްލަހަތަށް ބޭނުންތެރިކަމެއް ކަމަށްވާނަމ،ަ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެމަތިނ،ް ރައީސުލްޖުމްހޫރިއްޔާގެ ހުއްދައެއް ލިޔުމުން ލިބިގެންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް