Sunday, 15 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަންމޯހަންގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި

މަންމޯހަންގެ ހަނދާނުގައި ހުޅުވި ތައުޒިޔާގެ ދަފްތަރުގައި ރައީސް ސޮއިކުރައްވައިފި

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު، ޑރ މަންމޯހަން ސިންގްގެ ހަނދާނުގައި، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފުތަރުގައި ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ސޮއިކުރައްވައިފި އެވެ.

ދަފުތަރުގައި ސޮއިކުރައްވައި ރައީސް ލިޔުއްވި މެސެޖުގައި، ސިންގް އަކީ ތަޖްރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށާއި، ހާއްސަކޮށް ހިކުމަތްތެރި ނިންމެވުންތަކާއެކު އެތައް ބައެއްގެ އިހްތިރާމް ހޯއްދަވާފައިވާ ޝަހްސެއްކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އަދި 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ސިންގް ރާއްޖެއަށް ކުރެއްވި ތާރީހީ ދަތުރުފުޅުގެ ހަނދާންތައް އައުކުރައްވައި، އެ ދަތުރުފުޅުގެ ސަބަބުން، ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުމުގެ އުއްމީދުތަކަށް އިތުރު ހަރުދަނާކަމެއް ލިބިގެންދިޔަ ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.

Advertisement
Ooredoo — Truecaller (box)

ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ، ހިތާމައިގެ މިދަނޑިވަޅުގައި ސިންގްގެ އާއިލާއަށާއި އިންޑިއާގެ ސަރުކާރާއި ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވަމުންނެވެ.

މަންމޯހަން އަވަހާރަވީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް

މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.