Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެސްއީތަކުން ލޯނު ނެގުމާއި އިންވެސްޓް ކުރަން ފިނޭންސްގެ ހުއްދައަށް އެދެން ޖެހޭ ގޮތް ހަދައިފި

އެސްއީތަކުން ލޯނު ނެގުމާއި އިންވެސްޓް ކުރަން ފިނޭންސްގެ ހުއްދައަށް އެދެން ޖެހޭ ގޮތް ހަދައިފި
ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލޯނު ނެގުމާއި އިންވެސްޓް ކުރުމާއި ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު ބަދަލު ބަދަލުކުރުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދައަށް އެދެން ޖެހޭ ގޮތް ހަދައިފި އެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އެސްއޯއީތަކުގެ ހިންގާ ގަވާއިދު އެއްގޮތް ކުރުމަށް ކުންފުނިތަކަށް ނަމޫނާ ހިންގާ ގަވާއިދެއް އެ ބޯޑުން އެކުލަވާލާފައިވާ ކަމަށެވެ. އެ ގަވާއިދު ފާސްކުރީ މިދިޔަ ބުދަ ދުވަހު ބޭއްވި އެ ބޯޑުގެ ޖަލްސާގައި ކަމަށެވެ. ޕީސީބީން ވަނީ ސަރުކާރުގެ ކުންފުނިތައް އިތުރަށް ހަރުދަނާ ކުރުމަށް މަގުފަހިކޮށްދިނުމަށާ އަދި ކޯޕަރޭޓް ގަވަނަންސްގެ ހަމަތައް ނެގެހެއްޓުމަށް ގައިޑްލައިންތަކެއް އެކުލަވާލައި އާންމުކޮށްފަ އެވެ.

ލޯނު ނެގުމުގައި އަމަލުކުރާނެ ގޮތް:

ޕީސީބީން އެކުލަވާލި އެ ގައިޑްލައިންގައި ބުނީ ކުންފުނިތަކުން އެކުލަވާލާފައިވާ ޓެކްނިކަލް ކަރުދާހަށް ރިއާޔަތްކޮށް ކުންފުންޏަށް އެންމެ ފައިދާވާ ފަރާތްތަކުން ލޯނު ނެގުމަށް ބޯޑުން ނިންމުމަށް ފަހު، ކުންފުނީގެ ހިއްސާދާރުގެ ހުއްދައަށް އެދި ފޮނުވަންވާނެ ކަމަށެވެ. އަދި ލޯނު ނެގުމަށް ކުރަން ޖެހޭ އެހެނިހެން އިދާރީ މަސައްކަތް ކުރަންވާނީ ކުންފުނީގެ ހިއްސާދާރުގެ ހުއްދަ ލިބި އެ ހުއްދައާ އެއްގޮތަށް ކުންފުނީގެ ބޯޑުން ފާސްކޮށްގެން ކަމަށެވެ. ކުންފުނީގެ ބޯޑުން އެގޮތަށް ފާސްކުރާތާ 5 ދުވަހުގެ ތެރޭގައި ޕީސީބީއާ އެކަން ހިއްސާކުރަންވާނެ ކަމަށެވެ. "ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް" އަށް ގެނައި އިސްލާހުގެ ދަށުން އެ ކޯޑަށް އަމަލުކުރަން ޖެހޭ ކުންފުނިތަކުން ގައިޑްލައިންގައިވާ ކަންކަން ފުރިިހަމަ ކުރުމަށް ފަހު ހުއްދައަށް އެދި ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ ކަމަށް ޕީސީބީން ބުންޏެވެ. އޭގެ އިތުރުން ކޯޑަށް އަމަލުކުރުން މިވަގުތު އިސްތިސްނާވާ ކުންފުނިތަކުގެ ތެރެއިން ސަރުކާރުގެ މެޖޯރިޓީ ހިއްސާވާ ކުންފުނިތަކުން ވެސް ގައިޑްލައިންގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ހުއްދަ ހޯދަން ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ ކަމަށެވެ. ޕީސީބީން ވަނީ ދައުލަތުގެ ވިޔަފާރި ތަންތަނުން ވެސް ލޯނު ނެގުމުގައި ގައިޑްލައިނުގައިވާ ކަންތައްތައް ފުރިހަމަ ކުރުމަށް ފަހު ހިއްސާދާރުގެ ހުއްދަ ހޯދަން އެދިފަ އެވެ.

އިދާރީ އޮނިގަނޑާއި މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނައުން:

ޕީސީބީގެ ގައިޑްލައިނުގައި ބުނީ ކުންފުނީގެ އިދާރީ އޮނިގަނޑު ނުވަތަ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެންނަން ބޭނުންވާ ކުންފުނިތަކުން ބޭނުންވާ ބަދަލުތަކަށް ހުއްދަ ހޯދުމަށް ކުންފުނީގެ ބޯޑުން ނިންމުމަށް ފަހު، ކުންފުނީގެ ހިއްސާދާރުގެ ހުއްދައަށް އެދި ފޮނުވަން ޖެހޭނެ ކަމަށެވެ. ހުއްދަ ލިބުމުން ކުންފުނީގެ ބޯޑުން އާ އޮނިގަނޑު ފާސްކުރާތާ 5 ދުވަހުގެ ތެރޭގައި ލިޔެކިޔުންތަކާއި ހިއްސާދާރުގެ ހުއްދަ ލިބުނުކަން އަންގައިދޭ ލިޔުމާ އަދި ކުންފުނީގެ ބޯޑުން ނިންމާފައިވާ ނިންމުންތައް ޕީސީބީއާ ހިއްސާކުރަން ވާނެ ކަމަށެވެ. އެ ކަންކަން ފުރިހަމަ ކުރުމަށް ފަހު ހުއްދައަށް އެދި ފިނޭންސް މިނިސްޓްރީއަށް ފޮނުވަން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. މި ބަދަލުތަކުގެ އިތުރުން ޕީސީބީން ވަނީ އަލަށް އުފައްދާ ސަރުކާރު ހިއްސާވާ ކުންފުނިތައް ގިންތި ކުރަމުން އަންނަ ގޮތަށް ވެސް ބަދަލު ގެނެސްފަ އެވެ. އެގޮތުން އެފަދަ ކުންފުނިތަކުގެ ގިންތި ކަނޑައަޅާނީ ކުންފުނި އުފައްދާ މަގުސަދާއި ކުންފުނީގެ ރައުސްމާލަށް ރިއާޔަތްކޮށް، ފިނޭންސް މިނިސްޓްރީގެ ލަފަޔާ އެކު އެ ބޯޑުން ކަމަށް ބުންޏެވެ. އެ ބޯޑުން ކަނޑައަޅާ ގިންތިއަށް ބިނާކޮށް، އަލަށް އުފައްދާ ކުންފުނިތަކުގެ ބޯޑު މެންބަރުންނަށް އިނާޔަތް ދޭން ވާނީ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ކުންފުނީގެ ފުރަތަމަ އަހަރު ނިމުމުން، އުސޫލާ އެއްގޮތަށް އެސްއޯއީތައް ގިންތިކުރަން ހަދާ އެސެސްމަންޓް ހަދައި، އެ އެސެސްމަންޓްގެ ނަތީޖާއަށް ބަލައި އަލުން ކުންފުނި ގިންތި ކުރެވޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް