މީހަކަށް "އަނިޔާއެއް" ކުރި މީހަކު އެއް މަހަށް ޖަލަށްލައިފި

މީހަކަށް "އަނިޔާއެއް" ކުރި މީހަކު އެއް މަހާއި 24 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އެ މައްސަލާގައި އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ހުސެއިން ނާޒިމްގެ މައްޗަށެވެ.
އޭނާގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ.
ކްރިމިނަލް ކޯޓުން އޭނާ އެއް މަހާއި 24 ދުވަހަށް ޖަލަށްލާން ހުކުމް ކުރީ ގާނޫނުލްއުގޫބާތުގެ ތިން މާއްދާއެއްގެ ދަށުންނެވެ.
މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން މައްސަލާގެ މުޅި ރިޕޯޓު ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފައެއް ނުވެ އެވެ.