އެމް-ފައިސާ އިން 2 މަސް ދުވަހުގެ ޕްރޮމޯޝަނެއް: މެޓަ ކުއެސްޓް 3 ހޯދުމުގެ ފުރުސަތު
![](https://dhen.mv/wp-content/uploads/2025/01/WhatsApp-Image-2025-01-04-at-12.11.10_ee215d83-850x548.jpg)
ޑިޖިޓަލް ވޮލެޓް ޕްލެޓްފޯމް އެމް-ފައިސާ އިން 2 މަސް ދުވަހުގެ ހާއްސަ ޕްރޮމޯޝަނެއް އުރީދޫއިން ފަށައިފި އެވެ.
އުރީދޫން ބުނީ އެ ޕްރޮމޯޝަނާއެކު އެމް-ފައިސާ ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް މެޓަ ކުއެސްޓް 3 ކާމިޔާބު ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ޔުޓިލިޓީ ބިލް ދެއްކުމާއި މާޗަންޓް ޓްރާންސެކްޝަންތަކަށް މި ހިނގާ ޖެނުއަރީ އަދި ފެބްރުއަރީ މަހު 1،500 ރުފިޔާ އާއި އެއަށް ވުރެ މަތިން އެމް-ފައިސާ މެދުވެރިކޮށް މުއާމަލާތްކުރާ ކަސްޓަމަރުން އޮޓަމެޓިކުން ލަކީ ޑްރޯގައި ހިމެނިގެންދާނެ އެވެ.
ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ބިލްތަކަށް އެމް-ފައިސާ މެދުވެރިކޮށް ކޮންމެތާކު ކޮންމެ ވަގުތަކުވެސް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެ އެވެ. ޔޫޓިލިޓީ ބިލް ދެއްކުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މަގުބޫލު ކެފޭ، ރެސްޓޯރެންޓް އަދި ފިހާރަތަކުން ވެސް ކަސްޓަމަރުންނަށް އެމް-ފައިސާ މެދުވެރިކޮށް ފަސޭހަކަމާއެކު ބިލަށް ފައިސާ ދެއްކޭނެ އެވެ.
އެމް-ފައިސާ އަށް ރެޖިސްޓާ ވާން ބޭނުންވާ ފަރާތްތަކަށް އުރީދޫ އެޕް މެދުވެރިކޮށް ރެޖިސްޓާ ވެވޭނެ އެވެ.
- އުރީދޫ އެޕް ޑައުންލޯޑް ލިންކު: http://ore.do/mf
- އެމް-ފައިސާ ހިޔާރުކޮށް ރަޖިސްޓްރޭޝަން އަށް ފިތާލާ
- އެކައުންޓް އެކްޓިވޭޓް ކުރުމަށް ބޭނުންވާ ތަފްސީލްތައް ފުރިހަމަކުރުން
- ފޯނަށް ލިބޭ އޯޓީޕީ ޖައްސަވުމަށްފަހު 4 ޑިޖިޓްގެ ޕިން އެއް ސެޓް ކުރުން
- މޮބައިލް ނަމްބަރާއި 4 ޑިޖިޓްގެ ޕިން
އެމް-ފައިސާ ގެ ފަސޭހަކަމާއި ހާއްސަ އޮފާތަކުގެ ބޭނުން ހިފުމަށް ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް އެ ހިދުމަތް ބޭނުން ކުރެވޭނެ އެވެ.