ހާލުގައި ޖެހުނު 24 އުމްރާވެރިން ގެންނަން ހައްޖު ކޯޕަރޭޝަނުން އެހީވަނީ

އަލް ހިޖްރަ ގްރޫޕުގެ ހަވާލުގައި އުމުރުގާ އަޅުކަމަށް ގޮސް އުޅެނިކޮށް ރާާއްޖެ ނާދެވި ސައުދިއަރަބިޔާގައި ތާށިވި 24 މީހުން ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލު 'އެކްސް' ގައި ވިދާޅުވީ ހާލުގައި ޖެހުނު މީހުން އަނބުރާ ރާއްޖެއަށް ގެނައުމަށް ކުރަންޖެހޭ ކަންކަމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދިވެހި އެއްވެސް ރައްޔިތަކަށް ދިމާވާ ދަތިކަމެއްގައި އެހީނުވެ ސަރުކާރުން ނުތިބޭނެ ކަމަށާއި، ރައީސް އަބަދުވެސް އިރުޝާދު ދެއްވަނީ ރައްޔިތުންނާ ގާތުން މަސައްކަތްކުރުމަށް ކަމަށް ޝަހީމް ވަނީ ވިދާޅުވެފަ އެވެ.
އަލް ހިޖްރަ ގްރޫޕުން މީހުން އުމުރާއަށް ގެންދަން ނެގީ އެއްކޮޅު ޓިކެޓް ކަމަށްވެ އެވެ.
އެހެންވެ ރާއްޖެ އެނބުރި އަންނަން އަދިވެސް ޓިކެޓް ހަމަޖެހިފައެއް ނުވެ އެވެ. އެ މީހުން އުމުރާއަށް ފުރުމުގައިވެސް މައްސަލަތަކެއް ދިމާވި އެވެ. އޭރު ދިމާވީ ޓިކެޓާ ވިސާގެ މައްސަލަ ކަމަށް އެ ގްރޫޕުގެ ޑިރެކްޓަރު, މުސްތަފާ މުހައްމަދު ވަނީ ދެން އަށް ވިދާޅުވެފަ އެވެ.
ހިޖްރަ ގްރޫޕުން ފޭސްބުކްގައި އާއްމުކުރި ބަޔާނެއްގައި ބުނީ އުމުރާވެރިން ރާއްޖެ ގެނައުމަށްޓަކައި ކުންފުނިން މަސައްކަތްކުރަމުންދާ ކަމަށެވެ.
"އެހެންނަމަވެސް އަދި މިއަދާއި ހަމައަށްވަނީ މިކަމުގައި ކުރިމަގެއް ނުފެނިފަ އެވެ" ގްރޫޕުން އާއްމުކުރި ބަޔާނެއްގައި ބުންޏެވެ.
ވ ވ ދެރަ ކަމެއް.2019 އާ 2022 ގަ އަޅުގަނޑު މި ގުރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔައިން.2022 ގަ ކަންތައް ދިމާވީ ވ ހިތްދަތި ގޮތަކަށް.އެދުވަހު ޢަޒުމް ކަނޑައެޅީ ދެން ދުވަހަކުވެސް މިގުރޫޕްއިން ޢުުމްރާއަށް ނުދަން.އިންޝާﷲ ދުވަހަކުވެސް ނުދާނަން
ތާކުންތާކު ނުޖެހޭ ގުރޫޕް ތައް ހަދައިގެން ދާމީހުނައް ހުއްދަ ނުދިނުން ވެސް ރަނގަޅު
ދަ ޓްރެވެލަރ ގުރޫޕްވެސް ހަމަ ސްކޭމް!!