ގައިދީއަކަށް މަސްތުވާތަކެތި ފޯރުކޮށްދިން ކަމަށް ތުހުމަތުކުރެވޭ މީހާ ދޫކޮށްލައިފި
ގައިދީއަކަށް މަސްތުވާތަކެތި ފޯރުކޮށްދިން ކަމަށް ތުހުމަތުކުރެވޭ މީހާ ދޫކޮށްލައިފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ އަންހެނެކެވެ.
އެ މީހާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދުން ދޫކޮށްލާފައިވަނީ އެއްވެސް ޝަރުތަކާ ނުލަ އެވެ.
ސަބަބެއްގެ ގޮތުގައި އަމުރުގައި ބުނެފައިވަނީ ކުށެއްގެ ތުހުމަތު ކުރެވޭ އެއްވެސް ހެއްކެއް ނުވަތަ އޭނާ ކުށެއް ކުރަން އުޅުނު ކަމަށް ބާރުދޭ ހެއްކެއް ވެސް އެ މަޖިލީހަށް ހުށަހަޅާފައިނުވާ ކަމަށެވެ.
ފުލުހުން ތުހުމަތުކުރަނީ ގައިދީއަކަށް މަސްތުވާތަކެތި ފޯރުކޮށްދިނުމަށް އެ މީހާ މަސައްކަތްކުރި ކަމަށް ނަމަވެސް އެ ކަމަށް ބާރުދޭ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާ ކަމަށް އަމުރުގައި އިތުރަށް ބުނެފައިވެ އެވެ.