Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފައިސާ ހޯދަން މަންމައަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި 

ފައިސާ ހޯދަން މަންމައަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި 

ފައިސާ ހޯދަން މަންމައަށް ބިރުދައްކައި އިންޒާރުދިން މައްސަލާގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ މާލެ ސިޓީއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ ފިރިހެނެކެވެ.

އޭނާ ހައްޔަރުކޮށް, ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވެ އެވެ.

Advertisement
Ooredoo — Truecaller (box)

ކޯޓު އަމުރުގައި ބުނެފައިވަނީ އެ ކުށް އެ މީހާ ކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށާއި އޭނާ މަންމައަށް ބިރުދައްކައި އިންޒާރު ދިނުމަށްފަހު, ގޭގެ މުދަލަށް ގެއްލުންދިން ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އޭގެ އިތުރުން އެ މައްސަލަ ހުށަހަޅާ ފަރާތުގެ ބަޔާނާއި ސީނަށް ދިޔަ ފުލުހުންގެ ބަޔާން ހެކީގެ ގޮތުގައި ހިމެނޭ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމުގައި އަމުރުގައި ބުނެފައިވަނީ ބިރުދެއްކުމާއި މާރާމާރީ ހިންގުމުގެ ހައްޔަރާއި ބަންދު ރެކޯޑު އޮތް މީހަކަށް ވާތީ އާއި ތަކުރާރުކޮށް ފައިސާއަށް އެދުމުން ފައިސާ ނުދިނުމުން މުދަލަށް ގެއްލުންދީ ބިރުދައްކާކަމަށް ބެލެވޭތީ ކަމަށެވެ.

މީގެކުރިންވެސް މަންމައަށް އަނިޔާކުރާ މިފަދަ މައްސަލަތަކުގައި މީހުން ހައްޔަރުކޮށް, ދައުވާކޮށް ހުކުމްކޮށްފައި ވެސް ވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް