Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޑިޖިޓަލް އަދި ތިމާވެށި ދާއިރާއިން އެސްޓޯނިއާގައި ދިވެހިން ތަމްރީނުކުރަން މަޝްވަރާކޮށްފި

ޑިޖިޓަލް އަދި ތިމާވެށި ދާއިރާއިން އެސްޓޯނިއާގައި ދިވެހިން ތަމްރީނުކުރަން މަޝްވަރާކޮށްފި

އެސްޓޯނިއާގެ ޓާރުޓޫ ޔުނިވާސިޓީގައި ދިވެހީންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދުމަށް އެ ޔުނާވިސިޓީގެ ރެކްޓަރާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

އެސްޓޯނިއާއަށް ރައީސް މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ޓާރުޓޫ ސިޓީގެ ޔުނިވާސިޓީގެ ރެކްޓަރާ ބައްދަލުކުރެއްވި ހަބަރާއެކު ރައީސް އޮފީހުން ބުނި ގޮތުގައި، ބޮޑަށް މަޝްވަރާކުރީ ހަތަރު ދާއިރާއަކުން ފުރުސަތު ހޯދުމަށެވެ.

އެއީ މެޑިސިން، ޑިޖިޓަލް، ތިމާވެށި އަދި ސައިންސް ދާއިރާއިންނެވެ.

Advertisement
Ooredoo — Square (box)

ޔުނާވިސިޓީގެ މަންދޫބުން ވަނީ ލިބެން ހުރި ސްކޮލާޝިޕް ފުރުސަތުތަކާއި، ދެ ފަރާތުން ގުޅިގެން ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހުށަހަޅައިފަ އެވެ. އަދި އިލްމީ ރޮނގުން ގުޅުން ބަދަހިކުރުމަށް އިތުރަށް މަޝްވަރާކުރުމަށް، ޓާރްޓޫ ޔުނިވާސިޓީ އޮތީ ތައްޔާރަށްކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް