ޚަބަރު

ޗައިނާގެ މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ އަގުތައް ހާމަކޮށް، ބުކިންނަށް ހުޅުވާލައިފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓް / ފޮޓޯ:ރައީސް އޮފީސް

ގައުމީ އެއާލައިން, މޯލްޑިވިއަނުން ގެންނަ ފުރަތަމަ ވައިޑް- ބޮޑީ މަތިންދާބޯޓު (އެއާބަސް އޭ-330) އިން ޗައިނާގެ މަންޒިލްތަކަށް ކުރާ ދަތުރުތަކުގެ އަގުތައް ހާމަކޮށް، ބުކިންނަށް ހުޅުވާލައިފި އެވެ.

Ads by MWSC

މޯލްޑިވިއަން އިން މި މަހުގެ 22 ވަނަ ދުވަހުގައި ފަށާ އެންމެ ފުރަތަމަ ދަތުރު އޮންނަނީ ޗައިނާގެ ޗެންގްޑޫ އަށެވެ. 22 ވަނަ ދުވަހުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހަށް "ސްޕެލްޝަލް އޮފާ" ގެ ދަށުން ޗެންގްޑޫ ދެކޮޅު ޓިކެޓްގެ އަގަކީ 688 ޑޮލަރު އެވެ. އެއީ ދިވެހި ރުފިޔާއިން 10،610 އެވެ.

މޯލްޑިވިއަން އިން ދެވަނަ ދަތުރު މި މަހުގެ 24 ވަނަ ދުވަހުގައި ފަށާ ދަތުރު އޮންނަނީ ޗައިނާގެ ބެއިޖިންގް އަށެވެ. "ސްޕެޝަލް އޮފާ" ގެ ދަށުން މިއަންނަ މަހުގެ 1 ވަނަ ދުވަހާ ހަމައަށް ބެއިޖިންގް އަށް ދެކޮޅު ޓިކެޓްގެ އަގަކީ 788 ޑޮލަރު އެވެ. އެއީ ދިވެހި ރުފިޔާއިން 12،151 އެވެ.

ޗައިނާގެ ޝެންހާއީގެ "ސްޕެޝަލް އޮފާ" ގެ ދަށުން ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު އެވެ. އެއޚީ 11،981 ރުފިޔާ އެވެ. މި ސިޓީއަށް ދަތުރުތައް ފަށާން ހަމަޖެހިފައިވަނީ 27 ވަނަ ދުވަހު އެވެ.

މިއިން ކޮންމެ ސިޓީއަކަށް ދަތުރުކުރާ ކޮންމެ ފަރާތަކަށްވެސް 40 ކިލޯގެ ބެގޭޖް އުފުލެ އެވެ.

ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސްވެސް ހާއްސަކޮށްފައިވާ މި ބޯޓުގެ ކެޕޭސިޓީ އަކީ 264 މީހުންގެ ޖާގަ އެވެ.މި މަތިންދާބޯޓު ރާއްޖެ ގެނެސްފައިވަނީ މި މަހުގެ 6 ވަނަ ދުވަހު އެވެ.

މި ބޯޓާ އެކު މޯލްޑިވިއަންގެ ފްލީޓުގައި 25 ބޯޓު އޮތްއިރު، އޭގެ ތެރޭގައި އިތުރަށް ހިމެނެނީ އެއާބަސް އޭ-320 މަރުކާގެ ބޯޓަކާއި ޑޭޝް މަރުކާގެ 6 ބޯޓެއްގެ އިތުރުން ޑޭޝް ޓުވިން އޮޓާގެ 11 ބޯޓެވެ.

Ads by Ooredoo