އާޓިފިޝަލް ބީޗުގައި މާރާމާރީ ހިންގި 3 ބިދޭސީން ޑީޕޯޓްކުރަނީ

ރޭ އާޓިފިޝަލް ބީޗުގައި ހިންގި މައްސަލާގައި ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 3 ބީދޭސީން ޑީޕޯޓްކުރަން ނިންމައިފި އެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާނު ވަހީދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އިންޑިއާއަށް ނިސްބަތްވާ އެ 3 ބިދޭސީން ވެސް މި ވަގުތު ތިބީ އިމިގްރޭޝަނާ ހަވާލުކުރުމުން އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
"މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު މި ދަނީ ކުރަމުން. އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، މިފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް އަޅުގަނޑުމެން ނުދޭނަން،" ޝައްމާނު ވިދާޅުވި އެވެ.
ފުލުހުން ރޭ ބުނި ގޮތުގައި އެ 3 މީހުންގެ މެދުގައި ވެސް މާރާމާރީ ހިނގަމުން ދަނިކޮށް އެ މާރާމާރީގެ މަންޒަރު ރެކޯޑު ކުރި ދިވެއްސަކަށް ވެސް ހަމަލާ ދިނެވެ. އެ މަންޒަރުތައް ފެންނަ ވީޑިއޯއެއް ވެސް ރޭ ސޯޝަލް މީޑިއާގައި ދައުރުވި އެވެ.