ޚަބަރު

ޒަކިއްޔާގެ މަރުގެ ތަހުގީގަށް ފުލުހުން އެފްބީއައިގެ އެހީ ހޯދަނީ

އަލީ ސަމާޙް ، ދެން އޮންލައިން
ނ. ހޮޅުދޫ ގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާ

ހުސްވި އަހަރުގެ ސެޕްޓެމްބަރު މަހު، ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގަށް އެމެރިކާގެ ތަހުގީގީ އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީ ހޯދަން ފަށައިފި އެވެ.

Ads by MWSC

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިތުރު ބައެއްގެ ރައުޔު ހޯދުމުގެ ގޮތުން އެފްބީއައިއާ، ތަހުގީގުގައި ފުލުހުން ހޯދާފައިވާ ހޯދުންތައް ހިއްސާކޮށް އެހީތެރިކަން ހޯދަމުންދާ ކަމަށެވެ.

"އޭގެ އިތުރުން، ދިވެހި ފުލުހުންގެ ސީނިއާ ތަހުގީގު ޓީމެއް މި މައްސަލަ ރިވިއު ކުރުމަށްޓަކައި ހޮޅުދޫއަށް ޒިޔާރަތްކޮށްމި މައްސަލައިގެ ތަހުގީގު މުރާޖައާކޮށް، އިތުރަށް ބަލަންޖެހޭ ކަންކަން ދެނެގަތުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައި" ފުލުހުން ބުންޏެވެ.

ޒަކިއްޔާގެ މަރުގެ މައްސަލާގައި ހޮޅުދޫ ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތަކެއް އެބައޮތެވެ. އެ މީހުން ބުނާ ގޮތުންނަމަ ބަޔަކު ޒަކިއްޔާ މަރާލީ އެވެ. އެ މަރުގެ މައްސަލާގައި ފުލުހުންގެ ތަހުގީގު ކުރިއަށްދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ދޭތެރެ ދޭތެރެއިން އިހުތިޖާޖު ކުރެ އެވެ.

ނަމަވެސް ޒަކިއްޔާ މަރާލާފައިވާ ކަމުގެ އެއްވެސް ހެއްކެއް ފެންނަން ނެތް ކަމަށް ހުސްވި ޑިސެމްބަރު މަހު ބޭއްވި ޕްރެސްގައި ފުލުހުން ވަނީ ބުނެފަ އެވެ. ޒަކިއްޔާ އަށް ލިބިފައިވާ އަނިޔާތަކަކީ މީހެއްގެ ފަރާތުން ލިބުނު އަނިޔާތަކެއް ކަމަށް ނޫން ކަމަށްވެސް އެ މައްސަލާގައި ބޭއްވި ޕްރެސްގައި ފުލުހުން ބުންޏެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު އެ ރަށު ނިއުލައިފް ގޭގެ ގުދަން ކައިރިން މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ. ޒަކިއްޔާގެ ހަށިގަނޑު ފުރަތަމަ ފެނުނީ އެ ކުނި ނަގަން ދިޔަ ބަޔަކަށެވެ.

ތަހުގީގަށް ފާހަގަވި ކަންކަން:

  • އާއްމު އުސޫލުން އެ ދުވަހު (ސެޕްޓެމްބަރު 10) ވެސް ޒަކިއްޔާ، މާމަ ދަރިފުޅު ސްކޫލަށް ގެންގޮސް ގެނައުމުގައި ހަރަކާތްތެރިވި
  • ގޭތެރޭގައި ޒަކިއްޔާ މަސައްކަތުގައި އުޅުނުކަން ތަހުގީގަށް ދެނެގަނެވިފައިވޭ
  • ޒަކިއްޔާ ކުނި ބާލިދީ, ގޭތެރެއިން ބޭރަށް ނެރުނު މަންޒަރު ގޭގައި އުޅުނު 16 އަހަރުގެ ކުއްޖަކަށް ފެނުނު. އެ ގަޑީގައި ކުނި އުކާލާފައިވާކަން ތަހުގީގަށް އެނގިފައިވޭ
  • ޒަކިއްޔާ ދިރިހުއްޓާ އެންމެ ފަހުން ފެނިފައި ވަނީ އެ ދުވަހު 8:40 ގައި އޭނާގެ ޅީ ދަރިފުޅަށް/ އެ ގަޑީގައި މާމަ ދަރިފުޅު ބަލައިދޭން އެދިފައިވާކަންވެސް ތަހުގީގަށް އެނގިފައިވޭ
  • 9:19-9:40 ދެމެދު ގޭގައި އުޅޭ އާއިލާ މީހުންނަށް ޒަކިއްޔާގެ ހަބަރެއް ވެފައިނުވޭ
  • 9:53 ކުނި ނަގަން އުޅުނު ބަޔަކަށް ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ކަމަށް ސީސީޓީވީ ފޫޓޭޖްގެ އެހީގައި ފުލުހުންނަށް ދެނެގަނެވިފައިވޭ
  • ޒަކިއްޔާގެ މަރުގެ ހާދިސާ ލިބުމާ ހަމަޔަށްވެސް ގޭތެރޭގައި ޒަކިއްޔާގެ ދޮށީ ފިރިހެން ދަރިފުޅު(30އ) އަހަރާއި ޒަކިއްޔާގެ ފިރިމީހާ އުޅުނު.
  • ޒަކިއްޔާގެ ކަރުގެ ދެ ފަރާތަށް ތޫނު އެއްޗަކުން ލިބިފައި ހުރި އަނިޔާގެ ޒަހަމްތަކެއް ފެންނަ ހުރި. ނަމަވެސް އެއީ ތޫނު އެއްޗެއް ހަރާލައިގެން ލިބުނު ގެއްލުމެއް ކަމަކަށް ނުބެލެވޭ.
  • ކަރުގެ މެދާއި ދިމާލަށް ތިލަކޮށް ޒަހަމެއް ހުރިކަން ފާހަގަކުރެވޭ، ނަމަވެސް ހަށިގަނޑުގެ އެ ނޫންތަނަކަށް އަނިޔާއެއް ލިބިފައިވާކަން ފާހަގައެއް ނުކުރެވޭ
  • "ހެސިޓޭޝަން މާކު އެބަހުރި. ތިލަކޮށް ކަރުގައި ހުރި ޒަހަމް އެއީ ޑޮކްޓަރުންގެ ރައުޔުން ބުރަވެވެނީ ހެސިޓޭޝަން މާކު ކަމަށް،" ސާމިހު ވިދާޅުވި
  • ކަރުގެ ކަނާއަތްފަރާތުގައި ހުރީ 9 ސެންޓިމީޓަރާއި 7 ސެންޓިމީޓާރުގެ ދެ ޒަހަމް. ވާއަތްފަރާތުގައި ހުރީ 4 ސެންޓިމީޓަރާއި 10 ސެންޓިމީޓަރާއި 7 ސެންޓިމީޓަރުގެ 3 ޒަހަމްކަން.

Ads by Ooredoo