ދުނިޔެ

ޗައިނާއިން އެތެރެކުރާ މުދަލަށް އިތުރު ޓެރިފް ކަނޑައަޅަނީ: ޓަރަމްޕް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

އަންނަ ހަފްތާއިން ފެށިގެން ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލަށް އިތުރު ޓެރިފް ކަނޑައަޅަފާނެ ކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފި އެވެ.

މިއީ އޭނާ ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯއްދަވައިފިނަމަ ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަމެކެވެ.

ނިއު ހެމްޕްޝަޔާގައި ބޭއްވުނު އިންތިހާބީ ރެލީއެއްގައި ޓްރަޕްމް ވިދާޅުވީ ޗައިނާއިން އެތެރެކުރާ މުދަލަށް މަދުވެގެން 60 ޕަސެންޓުގެ ޓެރިފެއް ކަނޑައަޅުއްވާނެ ކަމަށެވެ. އަދި އެމެރިކާގެ ކުންފުނިތަކުން ޗައިނާގައި އުފައްދާ މުދަލަށްވެސް ޓެރިފް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

މި ފިޔަވަޅު އަޅުއްވަން ޓްރަމްޕް ވިދާޅުވާ ސަބަބަކީ، އެމެރިކާގެ ވިޔަފާރިތަކަށް ރައްކާތެރިކަން ދިނުމާއި، ޗައިނާއިން އެމެރިކާގެ އުފެއްދުންތެރިކަމަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމެވެ. އެހެންނަމަވެސް، ބައެއް އިޤްތިޞާދީ މާހިރުން ވިދާޅުވަނީ މިފަދަ ފިޔަވަޅަކުން އެމެރިކާގެ ސްޓޯރުތަކުގައި ވިއްކާ މުދަލުގެ އަގު ބޮޑުވެ، ޢާންމު ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރު ކޮށްފާނެ ކަމަށެވެ.

ޓްރަމްޕްގެ މި ބަޔާނާ ގުޅިގެން ޗައިނާގެ ސަރުކާރުން އަދި ރަސްމީ ބަޔާނެއް ނެރުއްވާފައެއް ނުވެއެވެ. އެހެންނަމަވެސް، ކުރިން މިފަދަ ހާލަތްތަކުގައި ޗައިނާއިން ވަނީ ޖަވާބުދާރީވެ، އެމެރިކާގެ މުދަލަށްވެސް ޓެރިފް ކަނޑައަޅުއްވާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!