Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ބްރޯޑްކޮމްގެ ނައިބު ރައީސްގެ މައްސަލަ މަޖިލިހުން ޕޮލިހަށް ހުށަހަޅައިފި

ބްރޯޑްކޮމްގެ ނައިބު ރައީސްގެ މައްސަލަ މަޖިލިހުން ޕޮލިހަށް ހުށަހަޅައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ފަޒީން، އެ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް ރައްޔިތުންގެ މަޖިލިހުން ފުލުހުންނަށް ހުށަހަޅައިފި އެވެ.

ފަޒީން، އެ ކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެއް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދަނީ ބަލަމުންނެވެ. މައްސަަލަ އާ ގުޅިގެން ކޮމިޓީގެ ދެ ބައްދަލުވުމެއް މިދިޔަ ހަފުތާގެ ކުރީކޮޅު ބޭއްވި އެވެ.

މައްސަލަ އާ ގުޅިގެން އެ ކޮމިޓީން ޖެނުއަރީ 21 ވަނަ ދުވަހު ބޭއްވި ބައްދަލުވުމަށް ފަޒީން ހާޒިރު ވެސް ކުރި އެވެ. ދެ މީހެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައްސަލައަކަށްވާތީވެ ކޮމިޓީގެ ބައްދަލުވުން ވެސް ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

Advertisement
Allied Insurance — Square (box)

ފަޒީން އާ ގުޅޭ އެފަދަ މައްސަލައެއް ބަލަމުންދާކަން ކޮމިޝަންގެ މެމްބަރުންތަކެއް "ދެން" އަށް ޔަގީންކޮށްދިން ނަމަވެސް، ކަމާ ގުޅިގެން މިހާތަނަށް އޭނާއާ މެދު ފިޔަވަޅެއް އެޅި ކަމެއް އެނގިފައެއް ނުވެ އެވެ. އެކަމަކު އެ މައްސަލަ ކޮމިޓީން ފުލުހަށް ހުށަހަޅާފައިވާކަން ވަނީ އެނގިފަ އެވެ.

ފުލުހުން "ދެން" އަށް މިއަދު ބުނީ 2023 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސް މަތިން، ފަޒީން އެ ކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ހޯމަ ދުވަހު އެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެހެންވެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މީޑިއާގެ ދާއިރާގައި 10 ވަރަކަށް އަހަރު ހޭދަކޮށްފައިވާ ފަޒީން، ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަންކުރީ 2021 ވަނަ އަހަރުގެ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ. އޭނާ ވަނީ މީގެކުރިން ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) އާއި ރާއްޖެ ޓީވީގައި ވީޑިއޯ މަސައްކަތްކުރައްވާފަ އެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސަކަށް ފަޒީން އިންތިހާބުވީ އެ މަގާމުގައި ކުރިން ހުރި އަހްމަދު ގައިސް، މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް