Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ގޮނޑި ގެއްލޭ މައްސަލަ އަންނަ މަހު ފަށަން ސުޕްރީމް ކޯޓުން ތާވަލުކޮށްފި

ގޮނޑި ގެއްލޭ މައްސަލަ އަންނަ މަހު ފަށަން ސުޕްރީމް ކޯޓުން ތާވަލުކޮށްފި

ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ ޕާޓީން ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ އިސްލާހާ އެކު ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލު ކުރަން ހުށަހެޅި މައްސަލައިގައި ޝަރީއަތް ފަށަން ސުޕްރީމް ކޯޓުން ތައްޔާރުވެއްޖެ އެވެ.

ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ މާއްދާތަކާއި އަސާސީ އޮނިގަނޑާ ހިލާފަށް ކަމަށް ވިދާޅުވެ، އިސްލާހު ބާތިލުކޮށްދޭން އެދި ކޯޓަށް މައްސަލަ ހުށަހަޅުއްވާފައި ވަނީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ.

އަލީ ހުސައިން ވިދާޅުވީ ގާނޫނު އަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައި ވަނީ ގާނޫނު އަސާސީގެ 4، 8، 26، 75، އަދި 90 ވަނަ މާއްދާ އާ ހިލާފަށް ކަމަށެވެ. އަދި އެ އިސްލާހަކީ ގާނޫނު އަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފު އިސްލާހެއް ކަމަށެވެ.

Advertisement
Allied Insurance — Square (box)

އަލ ހުސެއިން މި ނޫހަށް ވިދާޅުވީ އެ މައްސަލައިގައި އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތު ކުރައްވާނީ މުހުފޫޒު ސައީދު ކަމަށެވެެ.

އެ މައްސަލައިގެ ތެރެއަށް އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ވެސް ވަނީ ތަދައްހުލުވާން ނިންމައިފަ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބަލަން ނިންމާފައިވާ އިރު ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހަށެވެ.

ގޮނޑި ގެއްލޭ ގޮތަށްގާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކާ ގުޅޭގޮތުން ރައީސް ވިދާޅުވެފައި ވަނީ އެ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރެވިފައިވާކަން، ސިޔާސީ ތައައްސުބުތަކުން އެއްކިބާވެ ވިސްނައިފި ކޮންމެ ރައްޔިތަކަށް ފަހުމުވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް