Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

10 މީހުންނާ 5 ކުޑަކުދިންނާއެކު ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި

10 މީހުންނާ 5 ކުޑަކުދިންނާއެކު ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިފި

ރ. އުނގޫފާރުން ފުރައިގެން ށ. މިލަންދޫއަށް 10 މީހުންނާ 5 ކުޑަކުދިންނާއެކު ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައިިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް މިއަދު ވިދާޅުވީ އެ ލޯންޗު ށ. މާއުނގޫދޫ ކައިރިން އަޑިއަށް ގޮސްފައިވާކަމުގެ ރިޕޯޓް މިއަދު 14:30 ހާއިރު ލިބިފައިވާ ކަމަށެވެ.

ލޯންޗުން ދަތުކުރީ 6 އަންހެނުންނާއި 4 ފިރިހެނުންގެ އިތުރުން 5 ކުޑަކުދިން ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Ooredoo — Truecaller (box)

ފުލުހުން ބުނީ ލޯންޗުން ދަތުރުކުރި އެއްމެން މިލަންދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. އެ މީހުންނަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމަށް އަދި މިހާތަނަށް އެނގިފައެއްނުވެ އެވެ.

ފުލުހުން ދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް