އެޕަލްގަޑި ބޭނުން ކުރާ މީހުނަށްނަށް އެލަވެންސެއް ސިންގަޕޫރުގައި ދެނީ
އެޕަލް ގަޑި ބޭނުންކޮށް އޭގައި ހުންނަ ސިއްހަތާ ގުޅޭ އެޕްތައް ބޭނުންކުރާ މީހުންނަށް ސިންގަޕޫރުގައި ހާއްސަ އެލަވަންސެއް ދޭން ނިންމައިފި އެވެ.
މި ޕްރޮގްރާމްގެ ދަށުން އެޕަލް ގަޑީގެ ލުމިހެލްތު އެޕް ބޭނުންކުރާ މީހުންނަށް 380 ސިންގަޕޫރު ޑޮލަރު (280 ޑޮލަރު) އާ ހަމަ އަށް އެލަވަންސް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ސްމާޓް ނޭޝަން" އިނިޝިއޭޓިވްގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ، ސިންގަޕޫރުގައި ހުޅުވަން ތައްޔާރުވަމުން އެޕަލް ކުންފުނީގެ ފުރަތަމަ ފްލޯޓިން ފިހާރަ އާއި ސިންގަޕޫރުގެ ހެލްތު ޕްރޮމޯޝަން ބޯޑު ގުޅިގެން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމަކީ ބޭނުމަކީ ކޮންމެ ހަފުތާއަކު ވެސް ކަސްރަތަށް ވަގުތު ހުސްކުރަން ހިތްވަރު ދިނުމެވެ. އޭގެ ތެރޭގައި ދުވުމާއި ހިނގުމާއި ފެތުމާއި ޔޯގާ ހެދުން ވެސް ހިމެނެ އެވެ. އެޕަލް ގަޑީގެ ހެލްތު އެޕަކީ ޗެކަޕްތައް ހެދުމާއި އިމިއުނިޒޭޝަން އެޕޮއިންޓްމަންޓް ފަދަ ކަންކަމަށް ވެސް ހިތްވަރު ދޭ އެއްޗެކެވެ. އެހެންވެ މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުންނަން ބޭނުންވާ މީހަކަށް ވަރަށް މުހިއްމު އާލާތަކަށް ވާނެ އެވެ.
ލުމިހެލްތު އެޕް މިހާރު ވަނީ އެޕް ސްޓޯރުގައި ޕްރި-އޯޑަރަށް ހުޅުވާލައިފަ އެވެ. އަދި އަންނަ މަހުގެ ފަހުކޮޅުން ފެށިގެން ދެ އަހަރުގެ ޕްރޮގްރާމެއްގެ ގޮތުގައި ލިބޭނެ އެވެ.