Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއްގެ މައްސަލަ ބަލަނީ

ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއްގެ މައްސަލަ ބަލަނީ
ގަވާއިދާ ހިލާފަށް ސަފާރީއަކަށް އެރުވި ބަނގުރާ ކޭސްތަކެއް އަތުލައިގަނެ، އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. ސަފާރީއަކަށް ގަވާއިދާ ހިލާފަށް ބަނގުރާ ކޭސްތަކެއް އަރުވައިގެން ދަތުރުކުރަނިކޮށް އަތުލައިގެންފައި ވަނީ އާދިއްތަ ދުވަހު އދ. މަހިބަދޫ ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި އެ ތަކެތި އަތުލައިގަތީ ކަނޑުމަތިން ކަމަށެވެ.
"މި އޮޕަރޭޝަނުގައި، ދިއްގަރުފަޅާއި މަހިބަދު އާ ހިސާބުން ކަނޑުމަތިން ދޯންޏަކާއި ސަފާރީއެއް ބަލައިފާސްކުރިއިރު 1،794 ފުޅި ބަނގުރާ އާއި 1،680 ދަޅު ބަނގުރާ ފެނިފައިވެ އެވެ،"
އެ ތަކެއްޗަކީ ގަވާއިދާ އެއްގޮތަށް ބޮންޑެޑް ވެއާހައުސްއިން ނެރެގެން ރިސޯޓަކަށް ގެންދަން އުޅުނު ތަކެތި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ތަކެތި ސަފާރީއަށް އަރުވާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށް ތަހުގީގުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ. މައްސަލަ އާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް