Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލުގައި ދިޔަ ބަޔަކު ހަމަލާ ދީފި

އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލުގައި ދިޔަ ބަޔަކު ހަމަލާ ދީފި

އައިޖީއެމްއެޗް ކައިރީ ހުރި މީހަކަށް ސައިކަލުގައި ދިޔަ ދެ މީހަކު ހަމަލާދީ މާރާމާރީ ހިންގައިފި އެވެ.

ފުލުހުން ބުނި ގޮތުގައި އެ މާރާމާރީގެ ރިޕޯޓް ފުލުހަށް ލިބިފައިވަނީ މިރޭ 8:40 ހާއިރެވެ. ހަމަލާދިނީ މަރުތޭލަކުން ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާވި މީހާ ފަރުވާ ދިނުމަށް ވަގުތުން އައިޖީއެމްއެޗަށް ވައްދައި ފަރުވާ ދޭން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

Advertisement
Allied Insurance — Square (box)

އަނިޔާވީ ފިރިހެނަކަށެވެ. ލިބުނު އަނިޔާތަކުގެ ތަފުސީލެއް އަދި ނުލިބެ އެވެ.

މި މައްސަލާގައި އަދި ބަޔަކު ހައްޔަރު ނުކުރި ނަމަވެސް ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

މި ހުސްވި ދެތިން ހަފުތާގައި މާލެ ސަރަހައްދުގައި މާރާމާރީތައް އާންމުވެފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

މިއަދު މެންދުރު ވެސް ތާސިރު ކެފޭގައި ބިދޭސީންތަކެއްގެ މެދުގައި ނުރައްކާތެރި މާރާމާރީއެއް ހިނގައި، އެކަކުގެ ހާލު ވަރަށް ބޮޑަށް ސީރިއަސް ވެފައިވެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް