ގާސިމްއާ ރާނިޔާގެ ކައިވެނި: ހީނުރާކަހަލަ ކަންތައްތަކެއްގެ ތެރެއިން އުފެދުނު ގުޅުމެއް

ޖަލުން މިނިވަންވެ، ގާސިމް ރަށަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔަން ދިގު ކިޔުއެއް ދަމާލާފައި އޮތެވެ. ފަހަރަކު މީހަކާ ސަލާމް ކުރައްވަމުން ގޮސް ރާނިޔާއާވެސް ސަލާމްކޮށްފި އެވެ.
ސަލާމް ކުރެއްވުމުން ބަޔަކު ފޮޓޯނަގައިގެން ރަށު ތެރޭގައި ދޮގު ވާހަކަތަކެއްވެސް ފެތުރި އެވެ. ގާސިމަށްވެސް އޮތީ މި ކަހަލަ ވާހަކަތަކެއް ދެކެވޭކަން އެނގިފަ އެވެ.
މިއީ ލިޔުންތެރިޔާ މުހައްމަދު ޖަމީލު ލިޔެފައިވާ ގާސިމްގެ ބަޔޮގްރަފީ ގައި ގާސިމްއާ ރާނިޔާގެ ވާހަކަ ފެށިގޮތެވެ. އެ ސަލާމްކުރުމަށް ފަހު ގާސިމްއާ ރާނިޔާއާ ދެ މީހުން ބައްދަލުވީ މާމިިގިލި އެއާޕޯޓުންނެވެ.
މާމިގިލި ރީތި އަންހެނުންގެ ތެރޭ ހިމެނޭ ރާނިޔާ މަސައްކަތްކުރަނީ އެއާޕޯޓުގަ އެވެ. އޭގެ ފަހުނު ބައްދަލުވެ ވާހަކަ ދެކެވެން ފެށި އެވެ. ވާހަކައިގެ ތެރެއިން ގާސިމަށް ރާނިޔާ މާ ކަމުދިޔަ އެވެ. އެންމެފަހުން ކައިވެންޏަށް އެއްސެވި އެވެ.
"އެކަމުގައި ގޮތެއް ނިންމަވަން ރާނިޔާއަށްވީ ވަރަށް އުނދަގޫ ކަމަށެވެ، އެ ކައިވެނިފުޅަކީ ވަރަށް
ހީނުރާކަހަލަ ކަންތައްތަކެއްގެ ތެރެއިން އުފެދުނު ގުޅުމެކެވެ" ޖަމީލު ލިޔެފައިވެ އެވެ.
އެކަމަކު އެންމެ ފަހުން އެއްބަސްވެ މާމިގިލީ ހަޒާރުމާގޭ މަރިޔަމް އަފްރާއާއި އަބްދުލް ހަމީދު
އިބްރާހީމްގެ ދޮށީ އަންހެން ދަރިފުޅު ފާތިމަތު ރާނިޔާއާ ގާސިމް ކައިވެނި ބައްލަވައިގަތީ ސެޕްޓެމްބަރު 30، 2020 ގަ އެވެ.
އެކަ ކައިވެނި ބައްލައިގަތީ ކޮވިޑް-19 ގެ ދުވަސްވަރަކަށްވާތީގެ ގާސިމްވެސް ގިނަ ވަގުތު ހޭދަކުރެއްވީ ސަން އައިލެންޑް ރިސޯޓުގަ އެވެ. އަރިހުގައި ގިނައިން އުޅުއްވަމުން ގެންދެވީވެސް ރާނިޔާ އެވެ.
ފައިސާގެ ދަހިވެތި ކަމުގައި އެހެންނޫން ނަމަ މުނިކާފަ ޢުމުރުގެ ބޭގަނޑަކާ އިންނާނެތަ. އެދުން ބޮޑިީ.އެނދުމތީގައި ވަރަށް ރޯނެ ހަހަހާާ