ޚަބަރު

ޗައިނާއިން ނަގާފައިވާ ކޮމާޝަލް ލޯނުތައް ފަސްކުރުމުގެ މަޝްވަރާތައް ވެސް ކުރިއަށް އެބަދޭ: ޗައިނާ ސަފީރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތައް ފަސްކުރުމުގެ މަޝްވަރާތައް ވެސް ކުރިއަަށް އެބަދާ ކަމަށް އެޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޗައިނާ ސަފީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެޤައުމުން ރާއްޖެއަށް ދޫކޮށްފައިވާ ކޮމާޝަލް ލޯނުތަކުގެ ތެރޭގައި ގިނައީ ސަރުކާރު ކުންފުނިތަކަށް ދޫކޮށްފައިވާ ލޯނުތައް ކަމަށާއި، އޭގެ އިތުރުން ޕްރައިވެޓް ޕާޓީއަކަށް ދޫކޮށްފައިވާ އެއް ލޯނު ހިމެނޭ ކަމަށެވެ.

ލޯނުތަކާއި މެދު އާންމުންގެ ކަންބޮޑުވުން ހުރި މިންވަރު ވަނީ ފާހަގަ ކުރެވިފައި ކަމަށް ވިދާޅުވަމުން ލިޖޮންގް ވިދާޅުވީ ދަރަނި މެނޭޖުކޮށް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރާކަމަށާއި ނަމަވެސް ކޮވިޑް19ގެ މިހާލަތާއެކު އެއީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

"(މިދަނޑިވަޅުގައި ލޯނުތައް އަދާ ކުރުމަށް) ރާއްޖެއަށް ދިމާވާނެ ދަތިތައް ޗައިނާއަށް އިހުސާސްވޭ. އެއާއެކު ބައިލެޓްރަލް، އޮފިޝަލް ސޮވެރިން ލޯނުތައް ފަސްކޮށްދިނުމަށް ވަނީ ނިންމާފައި. އެއީ ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނިޝިއޭޓިވް ގެ ދަށުން. އޭގެ އިތުރަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީފައިވާ ކޮމާޝަލް ލޯނުތަކާ ގުޅޭގޮތުން ވެސް މިހާރު ދަނީ މަޝްވަރާ ކުރެވެމުން" ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!