Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދިއްޖެ

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓުވައިދިނުމުގެ އަމުރަކަށް އެދިއްޖެ

ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓުވައިދިނުމުގެ ގޮތުން ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދި ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން އެ ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މިދިޔަ ނޮވެމްބަރު މަހު މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރަން އަލީ ހުސެއިން ކުރިން އޮތީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ އަންނަ ހޯމަ ދުވަހު ބަލަން ފަށަން ތާވަލުކޮށްފައިވާއިރު ސުޕްރީމް ކޯޓަށް އިދާރާތަކުން ނޫފޫޒު ފޯރުވަމުންދާކަމަށް އަލީ ހުސެއިން ވަނީ ތުހުމަތުކުރައްވައިފަ އެވެ.

އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދުނާންއަށް އެޑްރެސްކުރައްވައި އަލީ ހުސެއިން މިއަދު ފޮނުއްވި ސިޓީގައި ވިދާޅުވީ ފަނޑިޔާރުންނަށް މުސްތަގިއްލުކަމާއެކު މަސައްކަތް ކުރުަމށް ހުރަސް އެޅިދާ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކުރާނަމަ އަދުލް އިންސާފު ގާއިމުކުރުމަށް ހުރަސް އެޅިގެންދާނެ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އެހެންކަމުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެއްވެސް އަމަލެއް ނުކުރުމަށް ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އަލީ ހުސެއިން ވަނީ އެދިވަޑައިގެންފަ އެވެ.

އަލީ ހުސެއިންގެ ސިޓީގައި ފާހަގަކުރެއްވި ގޮތުގައި ގޮނޑި ގެއްލޭ މާއްދާތައް ބާތިލުކުރަން އޭނާ ހުށަހެޅުއްވި މައްސަލަ ބަލަން ނިންމުމާއެކު ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް ޖުޑީޝަލް ސާވިސް ކޮމިޝަންއިން މިހާރު ވަނީ ބަލަން ފަށައިފަ އެވެ.

އޭގެ އިތުރުން ފަނޑިޔާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގައި ފަށައި ފަނޑިޔާރުން މަގާމުން ދުރުކުރުމުގެ މައްސަލަތަކެއް މަޖިލީހަށް ހުށަހަޅަން ވެސް ތައްޔާރުވަމުންދާކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް