ފޯމުތަކާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
![](https://dhen.mv/wp-content/uploads/2025/01/IMAGE-2025-01-14-111022-850x548.jpg)
ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި ފަރާތްތަކާމެދު ޝަކުވާއެއް އޮތްނަމަ އޭޕްރީލް 13ގެ ކުރިން ހުށަހެޅުމަށް އެ ޕާޓީން މިއަދު އެދިއްޖެ އެވެ.
ޕީއެންސީގެ މެމްބަރުން އިތުރުކުރުމަށް މުޅި ރާއްޖެއަށް ހުޅުވާލައިގެން އެ ޕާޓީން ކުރިއަށް ގެންދިޔަ "މެމްބަޝިޕް ޑްރައިވް"ގެ ތެރެއިން ވަގު ފޯމުތަކެއް ހުށަހެޅިކަން ވަނީ ހާމަވެފަ އެވެ. އެ މައްސަލަ ހޫނުވެ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިދިޔަ ހޯމަ ދުވަހާ ހަމައަށް އޮތީ ހުޅުވާލައިފައިފަ އެވެ.
އޭގެ ފަހުން ޕީއެންސީން ވެސް މިއަދު ވަނީ އެ ޕާޓީގެ މެމްބަރުންގެ ދަފްތަރާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފަ އެވެ.
ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ވަނީ ދަފުތަރާ މެދު އެއްވެސް ޝަކުވާއެއް އޮތްނަމަ މި މަހުގެ 13 ވަނަ ދުވަހުގެ ކުރިން އެ ޕާޓީގެ ސްޓިއަރިން ކޮމިޓީތަކަށް މައްސަލަ ހުށަހެޅުމަށް އިލްތިމާސްކޮށްފަ އެވެ.
އަދި އޭގެ ފަހުން އެފަދަ އެންމެހާ ޝަކުވާތައް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީކަންކަން ވެސް ޕީއެންސީން ދީފައިވެ އެވެ.
ޕީއެންސީ ބުނީ ޕާޓީގެ ދަފްތަރުގެ ސައްހަކަން ކަށަވަރުކޮށް ދަފްތަރު ބެެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން ހަރުދަނާކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް އަންގަވައިފާ ކަމަށެވެ.
ވަގު ފޯމުތަކުގެ މައްސަލަތައް ބޮޑުވުމުން އީސީން މިހާރު ވަނީ އީ-ފާސް މެދުވެރިކޮށް ނޫނީ ޕާޓީތަކަށް މީހުން ނުވަދެވޭ ގޮތަށް ވެސް ގަވައިދު އިސްލާހުކޮށްފަ އެވެ.