Monday, 2 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހައްޖާއި އުމްރާއަށްދާ މެޑިކަލް ޓީމުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި

ހައްޖާއި އުމްރާއަށްދާ މެޑިކަލް ޓީމުގައި ބައިވެރިވާން ފުރުސަތު ހުޅުވާލައިފި
ހައްޖު ކޯޕަރޭޝަންގެ ފަރާތުން ކުރަމުންދާ ހައްޖާއި އުމްރާ ދަތުރުތަކުގައި ބައިވެރިވާ މެޑިކަލް ޓީމުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާގޮތަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިއްޔެ ހުޅުވާލައިފި އެވެ. ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއް ގައި ބުނީ ހައްޖާއި އުމްރާއަށް ކުރާ ދަތުރުތަކުގައި ބައިވެރިވާ މެޑިކަލް ޓީމުގައި ބައިވެރިވެވޭނީ އެ ކުންފުނީގެ ދަފުތަރުގައި ރަޖިސްޓްރީވެގެން ކަމަށެވެ. އަދި ދަފުތަރުގައި ރަޖިސްޓްރީކުރަން ބޭނުންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހައްޖު ކޯޕަރޭޝަންއިން މިހާރު ވަނީ ހުޅުވައިލައިފަ އެވެ. ހައްޖު ކޯޕަރޭޝަންއިން ބުނީ އެ މަގާމުތަކަށް މީހުން ހޮވުމުގައި އަރަބި ބަސް ނުވަތަ އުރުދޫ ބަހުން މުއާމަލާތްކުރަން އެނގޭ، ހައްޖު އަދި އުމްރާގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ. ދަފުތަރުގެ ރަޖިސްޓްރީން ވާން ހުށަހެޅޭނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ މެޑިކަލް ޑިގްރީއަކާއި އިންޓާންޝިޕެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. މެޑިކަލް ޓީމުގެ މަސްއޫލިއްޔަތުތައް
  • ހަޖީންނަށް ދިމާވާ ސިއްގީ ކަންތައްތައް ބެލުމާއި ފަރުވާދޭންޖެހޭ ބަލިމީހުނަށް ފަރުވާދިނުމާއި ސިއްހީ އިރުޝާދުދިނުން.
  • މައްކާއާއި މަދީނާގައި އުޅޭއިރު ސިއްހީ ކަންކަމުގައި ހާޖީން ގޮވައިގެން ހޮސްޕިޓަލްތަކަށްގޮސް ކުރަންޖެހޭ ކަންކަން ކުރުން.
  • ދަތުރުގައި ސިއްހީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަން އިންތިޒާމު ކުރުމުގެ  މަސައްކަތްތައް ކުރިއަށް ގެންދިއުން.
  • ދަތުރުގައި ދިމާވާ އެހެނިހެން ކަންކަމުގައި ކޯޕަރޭޝަނަށް އެހީތެރިވުން.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް