Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ސަލްޓަން ޕާކް މަރާމާތު ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފު

ސަލްޓަން ޕާކް މަރާމާތު ކުރާނެ ބަޔަކު ހޯދަން އިއުލާންކޮށްފު
ގިނަ ދުވަސްތަކެއްވަންދެން މާރާމަތު ނުކުރެވި އޮތް ސަލްޓަން ޕާކް މަރާމާތު ކުރާނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން އިއްޔެ އިއުލާންކޮށްފި އެވެ. ސިޓީ ކައުންސިލުން ގެޒެޓު ގައި ކުރި އިއުލާނުގައި ވަނީ އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ސަލްޓަލް ޕާކު މަރާމާތު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމަށް ހުޅުވާލާފަ އެވެ. އެ މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލުގެ އިދާރާ އަށް ބިޑު ހުށަހަޅަން ހުޅުވާލާފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ 10 ޖަހަންދެނެވެ. ބިޑު ހުށަހަޅަން ޖެހޭނީ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށެވެ. މާލޭ ކައުންސިލުން ބުނީ އެކަމަށް އެދި ބިޑް ހުށަހެޅޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށެވެ. "އެކްސް" ގައި ކުރި ޕޯސްޓެއްގައި ކައުންސިލުން ބުނީ ސަލްޓަން ޕާކް މަރާމާތު ކުރުމަށްޓަކައި ޕާކުގެ ހާލަތު ދެނެގަތުމަށް ހާއްސަ ދިރާސާއެއް ހަދާފައިވާ ކަމަށެވެ. އަދި މާލޭ މޭޔަރު އާދަމް އާޒިމް އެކްސް ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ގިނަ ދުވަސްތަކެއް ޕާކު މަރާމާތްކޮށް، އަލުން އެތަން ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 2016 ވަނަ އަހަރު ހުޅުވުމަށްފަހު، އެ ޕާކުގެ މަރާމާތުގެ މަސައްކަތް އެއްވެސް ވަރަކަށް ކޮށްފައިނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެތަނުގެ ބައެއް އިމާރާތްތަކާއި ވަސީލަތްތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަން އެތަން ބޭނުންކުރާ ފަރާތްތަކަށްވެސް ރަނގަޅަށް އެނގޭކަން މޭޔަރު ފާހަގަކުރެއްވި އެވެ.
"ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތް މިހާރު ދަނީ ކުރިއަށްކަން، މާލޭގެ ލޮބުވެތި ރަށްވެހީންނަށް އަޅުގަނޑު ޔަގީންކޮށްދެމެވެ"
ސަލްޓަން ޕާކު މަރަމާތުކުރާނެ ބަޔަކު ހޯދަމުގެ މަސައްކަތް ކައުންސިލުން ފަށާފައިވަނީ ރަސްފަންނާއި ސަލްޓަންޕާކްގެ ހާލަތު ފެނިފައި ހިތާމަކުރައްވާ ކަމަށް ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު ޕޯސްޓެއް ކުރައްވާފައިވަނިކޮށެވެ. https://twitter.com/MMuizzu/status/1890290515624833180 "މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސަައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވަން" ރައީސްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފަ އެވެ.
ރައީސްގެ ޕޯސްޓަށް ރައްދު ދެމުން ކައުންސިލުން ބުނީ ސަލްޓަންޕާކް އާއި ރަސްފަންނު މަރާމަތް ކުރުމުގެ މަސައްކަތް އޮތީ ފަށާފައި ކަމަށެވެ. ރަސްފަންނުގެ މަސައްކަތްވެސް އަންނަ ހަފްތާގައި ފެށޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް