ސިއްޙަތު

ފިޓް ޖެހުމާއި ތުރުތުރު އެޅުމަކީ ދެކަމެއް ނަމަވެސް ކުޑަކުދީން މާ ބޮޑަށް ތުރުތުރު އަޅާނަމަ ޑޮކްޓަރަށް ދައްކާލަން ވާނެ:ޑރ.ފައިސަލް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ފިޓް ޖެހުމާއި ތުރުތުރު އެޅުމަކީ ތަފާތު ދެކަމެއް ކަމަށާއި ނަމަވެސް ކުޑަކުދިން މާ ބޮޑަށް ތުރުތުރު އަޅާނަމަ ޑޮކްޓަރަށް ދައްކާލުމަށް ކުޑަކުދީންގެ ޑޮކްޓަރ އަހުމަދު ފައިސަލް އިރުޝާދު ދީފިއެވެ.

Ads by MWSC

މީސްމީޑިއާ މެދުވެރިކޮށް ޞިއްޙީ އިރުޝާދާއި ލަފާ ދެއްވާ ޑރ.ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުރުތުރު އަޅާނަމަ ހަރަކާތްތައް ހަލުވި ވެފައި ކޮއްޓާލީމާ ތުރުތުރު އަޅަން ފަށާނެ ކަމަށެވެ. އަދި އަތާއި ފައިގައި ހިފެހެއްޓުމުން ތުރުތުރު އެޅުން ހުއްޓޭނެ ކަމަށެވެ. ފިޓްޖެހުމާއި ތުރުތުރުގެ ތަފާތު އަންގައި ދިނުމުގެ ގޮތުން ޑޮކްޓަރު އިތުރަށް ވިދާޅުވީ ތުރުތުރު އަޅާނަމަ ކުޑަކުދީންގެ ލޮލުގެ ކަޅި ހުއްޓި މައްޗަކަށް ވެސް ނާރާނެ ކަމަށާއި އަދި ނޭވާ ހުއްޓި ނޫފައި ނުގަންނާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ މާގިނައިން ތުރުތުރު އަޅަންޏާ ޑޮކްޓަރަށް ދައްކާލަން ވާނެ ކަމަށާއި ގިނައިން އެހެން ދިމާ ވަނީ ވިހައިގެން ފުރަތަމަ ހަފްތާގައި ކަމަށެވެ. އެހެން އެކަން ދިމާވަނީ ފިނިވުމާއި ހަކުރާއި ކެލްސިއަމް އަދި މެގްނީޒިއަމް ދަށްވުމާއި ލޭ އޮލަވުން ކަމަށް ވެސް ޑޮކްޓަރު ފާހަގަ ކުރެއްވިއެވެ.

ޑޮކްޓަރު ވިދާޅުވީ ތުރުތުރު އެޅުމަކީ ބޮޑު ކަމަކަށް ނުވިޔަސް އެކަން ދިމާވާ ސަބަބުތަކަށް އިހްމާލުވެ ފަރުވާ ނުދެވެންޏާ އިތުރަށް ގޯސްވާ ކަމަށެވެ،

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!