ކިލޯއެއްގެ ޑްރަގާ އެކު ރެސްޓޯރެންޓަކުން މީހަކު ހައްޔަރުކޮށްފި

މާލޭގެ ރެސްޓޯރަންޓެއްގެ ތެރެއިން އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ މއ. ހިތްތަލަވިލާ / މާލެ، މުހައްމަދު ކިޔާން އަހްމަދު ނާޒިމް (19އ) ކަމަށެވެ.
ފުލުހުން ބުނީ، އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިވާ ކަމަށެވެ.
އޮޕަރޭޝަން ހިންގާފައިވަނީ ގޭންގު ކްރައިމް އެންފޯސްމަންޓުގެ ފުލުހުންނެވެ. ޑްރަގް އެންފޯސްމަންޓުގެ އެހީތެރިކަންވެސް އެ އޮޕަރޭޝަންގައި ލިބުނު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ދުވަސް ކޮޅެއް ފަހުން ހުދު ކާފޫރަށް ހަދާ ވެއްދި ދޮރުން ނެރެލާ.