ޚަބަރު

ރަސްފަންނު މަރާމާތުގެ މަސައްކަތް ދެތިން މަސްތެރޭ ނިންމާނަން: މޭޔަރު އާޒިމް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މޭޔަރު އާދަމް އާޒިމް--

މާލޭގެ މީހުން އާއިލާއާއެކު ހިތްހަމަ ޖައްސާލުމަށް ގޮސް އުޅޭ ރަސްފަންނު އަލުން މަރާމާތުކުރުމުގެ މަސައްކަތް ފަށައި ދެތިން މަސް ތެރޭ އެ މަސައްކަތް ނިންމާނެކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

ރަސްފަންނު މަރާމާތުކުުރުމުގެ ކަންކަން ބެލެހެއްޓުމު ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާތީ އެ ފަރާތާއެކު ވެފައި އޮތް އެއްބަސްވުން އުވާލާފައިވާ އިރު ފަހަކަށް އައިސް އައިސް ރަސްފަންނުގެ ހާލަތު އޮތީ ވީރާނާވާ ހާލަތުގަ އެވެ. އެހެންވެ އެ ތަން މަރާމާތުކުރުމަށް ސިޓީ ކައުންސިލުން މިހާރު ދަނީ ތައްޔާރުވަމުން ނެވެ.

އީގަލްސް ކޮމިއުނިޓީން-އެންމެން އެކުގައި ސާފްކުރުމުގެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މޭޔަރު ވިދާޅުވީ ރަސްފަންނު އަލުން މަރާމާތުކޮށް ނިމޭއިރު ރަނގަޅު ފެންވަރެއްގައި އެތަން ހެދި ބީޗާއި ހަޓުތައް ވެސް ރީތި ވެގެން ދާނެ ކަމަށެވެ.

އަދި މަސައްކަތް ފަށާތާ ދެ ތިން މަސް ދުވހުގެ ތެރޭގައި މަރާމާތުގެ ކަންކަން ނިމޭނެކަމުގެ ޔަގީންކަން ވެސް މޭޔަރު ދެއްވި އެވެ.

"އެކަމުގެ އުފާވެރި ހަބަރު ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ދެން. މާލެ ސިޓީގެ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއާ ލާ ދެނެގަނެ، އެ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވި ގޮތުގައި ރަސްފަންނު މަރާމާތު ކުރުމަށް ފަހު ދެން އެ ތަން ވީރަނާވާންދެން ދޫކޮށް ނުލައްވާނެ ކަމަށެވެ.

ރަސްފަންނުގެ ވެލިގަނޑު ރަނގަޅުކުރުމަށް ބޭނުންވާ ތިމާވެށީގެ ހުއްދަ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ދޫކޮށްފައިވާ އިރު

  • ރަސްފަންނު ސަރަހައްދުން ކިސަޑު ނަގައި، ބީޗަށް ވެލި އެޅުމުގެ މަސައްކަތް މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ފަށާނެ
  • ވެލިއެޅުމަށްޓަކައި މާދަމާއިން ފެށިގެން ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު ވަގުތީ ގޮތުން ބަންދުވާނެ

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!