ޚަބަރު ރައްޔިތުންގެ މަޖިލިސް

އިތުރު ފަސް ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރަން މަޖިލިހަށް ފޮނުވައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި އައްޔަންކުރެއްވުމަށް ފޮނުއްވި (ކ) އިރުތިޝާމް، ގީލާ، ޝަބީނާ އަދި ލުވޭޒު

ރާއްޖެއިން ބުރުނާއީއަށާއި ލަގްޒަމްބާގާއި ނެދަލޭންޑްސްއަށާއި ފްރާންސް އަދި އޮސްޓްރޭލިއާއަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް ހަތަރު ބޭފުޅެއްގެ ނަން ފޮނުއްވައިފި އެވެ.

Ads by STELCO

ފަސް ގައުމަކަށް ނޮން-ރެސިޑެންޓް ސަފީރުން އައްޔަންކުރުމަށް ރުހުން ހޯދުމަށް ހުސްވި ހަފުތާގައި މަޖިލިހަށް ވަނީ ފޮނުއްވާފަ އެވެ. އެއީ ބޫޓާނާއި ކުވައިތާއި ސްވިޒަލޭންޑާއި ކެނެޑާގެ އިތުރުން މިސްރަށެވެ.

ނޮން-ރެސިޑެންޓް ސަފީރުންގެ ގޮތުގައި ކަނޑައެޅުމަށް އެދިވަޑައިގެން ހަތަރު ބޭފުޅުންގެ ނަމާ އެކު، މަޖިލިހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި ވަނީ އިއްވާފަ އެވެ. އެ ސިޓީފުޅުގައި ހުށަހެޅުއްވި ނަންތަކަކީ:

  • ރާއްޖޭން ބުރުނާއީއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް - ރާއްޖޭން މެލޭޝިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އަހްމަދު
  • ރާއްޖޭން ލަގްޒަމްބާގާއި ނެދަލޭންޑްސްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް - ރާއްޖޭން ބެލްޖިއަމްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީ
  • ރާއްޖޭން ފްރާންސްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް - ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިރުތިޝާމް އާދަމް
  • ރާއްޖޭން އޮސްޓްރޭލިއާއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރަކަށް - ރާއްޖޭން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ލުވޭޒު

މައްސަލަ ދިރާސާ ކުރުމަށް މަޖިލިހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!