މަޖިލީހުގެ ރައީސް އައިޔޫއެމްއިން ޑިގްރީ ހައްދަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ހިންގާ ޑިގްރީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަންނަވާކަން އެނގިއްޖެ އެވެ.
އައިޔޫއެމް އިން އެއް އަހަރު ދުވަހަށް ހިންގާ ކޯހެއްގައި މަޖިލީހުގެ 8 މެންބަރަކު އިއްޔެ ވަނީ ބައިވެރިވެވަޑައިގަންނަވާފަ އެވެ.
އަދި އެ ދާއިރާއިން ހިންގާ ބެޗްލާސް ކޯހެއްގައި މަޖިލީހުގެ 16 މެންބަރަކު ބައިވެރިވެވަޑައިންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.
މަޖިލީސް އިދާރާގެ އިސް އޮފިޝަލަކު "ދެން އޮންލައިން" އަށް މިއަދު ވިދާޅުވީ ބެޗްލާސް ޕްރޮގްރާމްގައި މަޖިލީހުގެ ރައީސްވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
އެކަމަކު މަޖިލީސް ރައީސް ކިޔަވާ ވިދާޅުވަނީ ކޮން ދާއިރާއަކުން ކަމެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުން އެ ކޯހަކީ ބެޗްލާސް އޮފް ޝަރީއާ އެންޑް ލޯ އެވެ. އެ ކޯސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގަ އެވެ.
އައިޔޫއެމްގެ ކުއްލީއްޔާ އޮފް ޝަރީއާ އެންޑް ލޯ ފެކަލްޓީން ހިންގާ ޑިގްރީއަކީ 4 އަހަރުގެ މުއްދަތަށް ކުރިއަށްދާ ޕްރޮގްރާމެކެވެ.
އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކީއެފް) ލެވެލް 7 ގެ ކޯހެކެވެ. އައިޔޫމްއެމްގެ ވެބްސައިޓުން ދައްކާ ގޮތުން އެ ޕްރޮގްރާމްގެ ކޯސް ފީއަކީ 46،165ރ އެވެ.
ޝަރުތު ހަމަވޭބާ