Monday, 2 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިދިޔަ މަހު 32 މީހަކު ޖަލަށް ލި، އެންމެ ގިނައީ ޑްރަގު މައްސަލަތަކުގައި

މިދިޔަ މަހު 32 މީހަކު ޖަލަށް ލި، އެންމެ ގިނައީ ޑްރަގު މައްސަލަތަކުގައި
މިިދިޔަ މަހު 32 މީހަކު ޖަލަށް ގެންދިޔަ ކަމަށް ކަރެކަަޝަންސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. ކަރެކްޝަންސް އިން މިއަދު އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ޖަލަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ޖަލު ހުކުމް އިއްވި 23 މީހަކާއި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކުރި ނުވަ މީހަކެވެ. ޖަލަށް ލީ މައްސަލަތަކުގެ ހުލާސާއެއް
  • 52 ޕަސެންޓް މީހުން ޖަލަށް ލާފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި.
  • ދެވަނައަށް އެންމެ ގިނައިން ޖަލަށް ލާފައިވަނީ ވައްކަމުގެ މައްސަލަތަކުގައި. އެއީ 22 ޕަސެންޓް.
އޭގެ އިތުރުން އޮޅުވާލުމުގެ މައްސަލަތަކުގައި ވެސް ހަތަރު ޕަސެންޓް މީހުން ޖަލަށް ލާފައި ވެއެވެ. https://twitter.com/CorrectionsMv/status/1892166025325523339 ކަރެކްޝަންސްއިން ވަނީ މިދިޔަ މަހު ޖަލުން ދޫކޮށްލި މީހުންގެ ތަފާސް ހިސާބު ވެސް އާންމުކޮށްފަ އެވެ. އެ ގޮތުން ޖުމްލަ 40 މީހުން ދޫކޮށްލި އިރު އޭގެ ތެރޭގައި ހުކުމް ފުރިހަމަ ކުރުމުން ދޫކޮށްލި 24 މީހުން ހިމެނެ އެވެ. މިދިޔަ މަހު ޕެރޯލްގެ ދަށުން ވެސް ވަނީ ދެ މީހަކު ދޫކޮށްލައިފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް