މި ފަހަރު އަޅަނީ ދިވެހި ސަގާފަތާ ގުޅޭ ގޮތަށް ތަފާތު ޑިޒައިންތަކުގެ މިސްކިތްތަކެއް

މަދު މިސްކިތެއް ފިޔަވައި ރާއްޖޭގެ ގިނަ މިސްކިތްތައް ހުންނަނީ ގާތްގަނޑަކަށް އެއް ގޮތަކަށެވެ. ނަމަވެސް އާ ޑިޒައިންތަކަކާއެކު ތަފާތު ރީތި މިސްކިތްތަކެއް ފެނުމުގެ މަލަމަތި ފެންނަން ފަށައިފި އެވެ.
މިސްކިތަކީ ދިވެހިންގެ ހާއްސަ ލޯތްބެއް އޮންނާނެ ކަން ޔަގީނެވެ. މިފަހަރު އިސްލާމިކް މިނިސްޓްރީން އާންމުކުރި މިސްކިތްތަކުގެ ޑިޒައިން ކުރެހުންތަކުން ވެސް އެ މިސްކިތްތަކުގެ ނަލަ ޗާލުކަން ފެނުނެވެ. ވަރަށް ވެސް ތަފާތުކޮށް، ދިވެހި ސަގާފަތާ ގުޅުވައިލާފަ އެވެ.
ތަފާތު ޑިޒައިންތަކަށް މިސްކިތް އަޅަން ނިންމައިފައިވަނީ ފަސް ރަށެއްގަ އެވެ.
- އއ. ރަސްދޫ
- އދ. ފެންފުށި
- ފ. ފީއަލި
- ގދ. މަޑަވެލި
- ހ.އ ބާރަށް
- ތ. ވޭމަންޑޫ

އިސްލާމިކް މިނިސްޓްރީން އާންމުކުރި ޑިޒައިންތަކުގެ ތެރެއިން މިސްކިތެއްގެ އެތެރެ - ފޮޓޯ: މިިނިސްޓްރީ
ރިޔަން ކުންފުނިން ޑިޒައިންކޮށްފައިވާ އެ މިސްކިތްތައް އެޅުމުގެ މަަސައްކަތް މި އަހަރުގެ ރޯދަ މަސް ފަހުން ފަށާނެ އެވެ.

އަލަށް އަޅަން ނިންމާފައިވާ މިސްކިތެއްގެ ކުރެހުމެއް-- އިސްލާމިކް މިނިސްޓްރީ
"މިއީ ރާއްޖޭގެ ތާރީހާއި ސަގާފަތާއި މާހައުލާއި ގުޅޭގޮތައް ޑިޒައިންކުރެވިފައިވާ މިސްކިތްތަކެއް. މީގެ ތެރޭގައި ހިމެނެނީ 300 މީހުން، 500 މީހުން، 700 މީހުންނަށް ނަމާދުކުރެވޭނެ 3 ސައިޒްގެ މިސްކިތް.' އިސްލާމިކް މިނިސްޓްރީން މީޑިއާތަކާ ހިއްސާކުރި މެސެޖުގައި ބުނެފައި ވެއެވެ.
އާންމުކުރި ޑިޒައިންތަކުން ފެންނަ ގޮތުގައި ވެސް މިއީ އެހެންޏާ ފެންނަ މިސްކިތްތަކަށް ވުރެ ތަފާތު ގޮތަކަށް ބިނާކޮށް ފަރުމާކުރާނެ މިސްކިތްތަކެކެވެ.

އަލަށް އަޅަން ނިންމާފައިވާ މިސްކިތެއްގެ ކުރެހުމެއް-- އިސްލާމިކް މިނިސްޓްރީ
ސަރުކާރުގެ ހަރަދުގައި އަޅާ އެ މިސްކިތުގައި ހާއްސަ އެތައް ކަމެއް ހިމެނެ އެވެ.
ހާއްސަ އެއް ކަމެއްގެ ގޮތުން އެ އެ މިސްކިތްތަށް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރެވި، ނެވިލޯން ވެސް އަޅާނެ އެވެ.
މިސްކިތްތައް ޑިޒައިން ކޮށްފައިވަނީ ކޮންމެ މިސްކިތެއްގައި ވެސް ގުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސް ރޫމާވެސް އެކު އެވެ.
މިހާރު މިސްކިތްތަކަކީވެސް ބޮޑު ޚަރަދުކޮށްގެން ޒީނަތްތެރިކުރުމާއި، ކުރެހުން ރީތިކުރެވޭ ތަންތަނަށް ހެދިފައި އޮންނަނީ. ނަމާދުކުރަންދާ މީހުން ވަރަށްް މަދު. އަހަރަކު އެންމެ ދަރުހެއް ނުދޭ މިސްކިތްތައްވެސް އެބަހުރި.
ދެން މިސްކިތްތައްވެސް ތަފާތުވެއްޖެ. ސަލްމާން މިސްކިތް ބޭރުފުށުން އަހަންނަށް ފެންނަނީ ނަސާރާއިންގެ ފައްޅިއެއްގެ ސިފައިގައި.