ޚަބަރު

ހަނިމާދޫއަށް ޑްރަގު އެތެރެކުރަން އުޅުނު 4 މީހަކު ހައްޔަރުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
ހަނިމާދޫން ހައްޔަރުކުރި މީހުން- ފޮޓޯ: ޕޮލިސް

ހދ. ހަނިމާދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 4 މީހަކު ހައްޔަރުކޮށްފި އެވެ.

Ads by Hajj Corporation

ފުލުހުން މިއަދު ބުނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ހަނިމާދޫއަށް ވައިގެ މަގުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރުކުރީ:

  • ނ. ވެލިދޫ، މޯނިންގްސަން، ފާތިމަތު ޝާހާ ހަސަން (20އ)
  • ކ. ގުރައިދޫ، ނަލަވާ، ހުސައިން ޝާވިން (22އ)
  • ސ. ފޭދޫ، ރަތްވިލާގެ، މުހައްމަދު ރިލުވާނު އަބްދުއްސައްތާރު (22އ)
  • ދ. ކުޑަހުވަދޫ، މާހިލް، އަރްހަމް އަލީ ވަހީދު (28އ)

އެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ކުޅުދުއްފުށި ސިޓީ ޕޮލިހާއި ހަނިމާދޫ ޕޮލިސް އަދި އިންޓެލިޖެންސް ގުޅިގެންނެވެ. އެ އޮޕަރޭޝަނުގައި ހަނިމާދޫ އެއާޕޯޓުން އެ މީހުން ހައްޔަރުކޮށް، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 13.85 ގުރާމް ހުރި ކަމަށެވެ.

ފުލުހުން ބުނީ ހައްޔަރުކުރި 4 މީހުންގެ ބަންދާމެދު ގޮތް ނިންމުމަށް ހަނިމާދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އެ މީހުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.